Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް އޮފީސް

ހަފްތާއަކު އެއް ފަހަރު މީޑިއާތަކާ ބައްދަލުކުރާނަން: ރައީސް އޮފީސް

ރައީސް އޮފީހުން ހާމަކުރާ މައުލޫމާތުތައް ހާމަކުރުމަށް ހަފްތާއަކު އެއް ފަހަރު މީޑިއާތަކާ ބައްދަލުކުރައްވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމަށް އެނާ އައްޔަނުކުރި ފަހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ޕްރެސް ކޮންފަރެންސްއަކީ ރައީސުލްޖުމުހުރިއްޔާގެ އޮފީހުގެ ޕޮލިސީތަކާއި ސިޔާސަތުތަކާއި އެ އޮފީހުންރައްޔިތުންނަށް އަދި މީޑިއާއަށް ދޭން ބޭނުންވާ މުހިއްމު މައުލޫމާތުތައް ހާމަކުރުމަށްޓަކައި ބާއްވާ ޕްރެސް ކޮންފަރެންސްއެކެވެ.

"އަޅުގަނޑު މަސައްކަތް ކުރާނަން ކޮންމެ ހަފްތާއަކު އެއް ފަހަރު މީޑިއާތަކަށް މައުލޫމާތު ދިނުމަށް ޕްރެސް ކޮންފަރެންސް ބެއްވުމަށް" މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ކެބިނެޓް ބައްދަލުވުންތައް ހިނގަމުން ދާއިރު އެ ދުވަހެއްގައި ނުވަތަ އޭގެ އަނެއް ދުވަހު ކެބިނެޓް ބައްދަލުވުންތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް އިތުރު ޕްރެސް ކޮންފަރެންސްއެއް ބޭއްވޭތޯ މަސައްކަތް ކުރައްވާނެކަމަށްވެސް ހީނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ