މިދިޔަ އާދިއްޔަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނަން އެދިއްޖެ އެވެ.
ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނަން އެދުނީ އެ ދާއިރާއަށް ވާދަކުރި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން، އަމިއްލަގޮތުން ވާދަކުރި އިބްރާހީމް އަބްދުއްރަހްމާން (އިބުކޮ) އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުން އިންތިހާބުގައި އިބްރާހީމް އަބްދުއްރަހްމާން އަށް ލިބުނީ 1،070 ވޯޓެވެ. އަދި އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް، މުހައްމަދު އަލީއަށް ލިބުނީ 1،070 ވޯޓެވެ.
އެ ދާއިރާއަށް ދެން ވާދަކުރި ދެ ކެންޑިޑޭޓުންގެ ތެރެއިން މިހާރުވެސް އެ ދާއިރާގެ މެންބަރުކަން ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިސްމާއީލް އަހުމަދަށް 579 ވޯޓު ލިބުނުއިރު ޖޭޕީން ވާދަކުރެއްވި އަޒްލީން އަހުމަދަށް ލިބުނީ 77 ވޯޓެވެ.
ވޯޓު ފޮށިތައް އަލުން ގުނުމާމެދު އީސީން މިއަދު ގޮތެއް ނިންމާނެ އެވެ.