Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިލެކްޝަންސް ކޮމިޝަން

ގދ. ތިނަދޫ 5 ނަންބަރު ވޯޓު ފޮށި އަލުން ގުނަން ހުށަހަޅައިފި

މިދިޔަ އާދީއްތަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގދ. ތިނަދޫ ނެޝަނަލް ޔުނިވާރސިޓީ ހޯލް ގައި ބެހެއްޓުނު 05 ނަންބަރު ވޯޓް ފޮށި އަލުން ގުނަން ހުށަހަޅައިފިއެވެ.

މިފަދައިން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ފަރާތުންނެވެ.

ޕީއެންސީ ކެންޑިޑޭޓް އަބްދުالله ޝަރީފް އެ މައްސަލަ އީސީއަށް ހުށަހެޅީ އެ ކެންޑިޑޭޓުގެ މަންދޫބެއް ނެތީސް ވޯޓް ގުނުން ކުރިއަށް ގެންދިޔަ މައްސަލާގައެވެ.

ދިޔަރެސް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫގައި ހުންނަ ޤައުމީ ޔުނިވާސިޓީ ކެންޕަސްގެ ވޯކްޝޮޕް ކްލާސްރޫމް 1 ގައި ބެހެއްޓުނު ވޯޓް ފޮށި ގުނާފައިވަނީ ކެނޑިޑޭޓް އަދި މަންދޫބުވެސް އެތަނުގައި ހާޒިރުވެ ނެތީސް ކަމަށެވެ. އަދި ވޯޓްފޮށި ގުނަން ހޭދަވީ 30 ވަރަކަށް މިނެޓް ކަމަށާއި 500 އަށްވުރެ ގިނަ ވޯޓް ލާފައި ހުރި ފޮށްޓެއް ގުނުމަށް މިއަށްވުރެ ގިނަ ވަގުތު ހޭދަވާނެކަމަށް ކެނޑިޑޭޓްގެ މަންދޫބު ދިޔަރެސް އަށް މަޢުލޫމާތުދެއްވަމުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އިލެކްޝަނުގެ ފަރާތުން ފޮށި ކައިރީގައި ހަރަކާތްތެރިވި އޮފިޝަލުންނަށް ބަޔަކު ނުފޫޒު ފޯރުވާފައިވާކަމަށްވެސް އަބްދުالله ޝަރީފުގެ މަންދޫބު ވަނީ ތުހުމަތު ކުރައްވާފައެވެ.

ވޯޓު ކަރުދާސް ތަރުތީބުކުރިއިރު ފެންނަން ހުރި ވޯޓް ކަރުދާސްތަކާއި ގުނި އިރު އަދަދު ބޮޑުތަނުން ތަފާތު ކަމަށް އެ ކެންޑިޑޭޓު ތުހުމަތުކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ