Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

އަޅުގަނޑުގެ 8 ކެންޑިޑޭޓުން އައްޑޫއިން ހޮވައިދީފިއްޔާ މާލެ ފެންވަރަށް އައްޑޫ ތަރައްގީ ކުރާނަން: ރައީސް

ސަރުކާރުގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް އައްޑޫ ސިޓީއިން ވާދަ ކުރާ ކެންޑިޑޭޓުން ހޮވައިދީފިނަމަ މާލެ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ކެންޑިޑޭޓުންނާއެކު މާލޭގައި މިހާރު ކުރިޔަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫ ރައްޔިތުން އެމްޑީޕީއަށް އިތުބާރުކޮށް މެޖޯރިޓީ ދޭތާ އެތައް ޒަމާނެއް ވެއްޖެ ކަމަށެވެ.

ނިމިގެން މިދިޔަ ދައުރުގައި ސަރުކާރާ މަޖްލީހުގެ މެޖޯރިޓީ ދިން ނަމަވެސް އައްޑޫއަށް ގެންނަން ޖެހޭ ތަރައްގީ ގެނެސް ނުދެވުނު ކަމަށެވެ.

އެހެން ކަމުން މިފަހަރު އެމަނިކުފާނަށް އިތުބާރުކުރައްވައި އައްޑޫގެ 8 ގޮނޑި ސަރުކާރަށް ދެއްވައިފިނަމަ މާލެ ފެންވަރަށް އައްޑޫ ސިޓީ ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ.

“އެހެންވީމާ ދެން ބޭނުންވަނީ އެކަން ބަދަލު ކުރަންށޭ. ނަތީޖާ ނެރޭދޭނެ ބަޔަކަށް ފުރުސަތު ދޭށޭ. އަޅުގަނޑުދޭ ޔަގީން ކަމަކީ އިރާދުކުރެއްވިއްޔާ އައްޑޫސިޓީގެ ރައްޔިތުން އަޅުގަނޑަށް އިތުބާރުކޮށް އަޅުގަނޑުމެންގެ 8 ކެންޑިޑޭޓުން ހޮއްވަވައި ދެއްވައިފިއްޔާމު އެނަތީޖާ ނެރެދޭނަން” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ފަރާތުން ކުރިމަތި ލާފައިވާ ކެންޑިޑޭޓުންނަކީ އެމަނިކުފާނު ބޭނުންފުޅުވާ ތަރައްގީ އައްޑޫއަށް ގެނެވޭނެ އިޚްލާސްތެރި ކެންޑިޑޭޓުން ކަމާމެދު ޝައްކު ނުކުރައްވާނެ ކަމަށެވެ.

އައްޑޫ އަށް ތަރައްގީ ބޭނުންނަމަ ދެވަނަ ވިސްނުމަކަށް ދިއުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ.

މި އިންތިޚާބު ބޮޑުތަނުން ސަރުކާރު ކެންޑިޑޭޓުން ހޮވައިދެއްވުމަށް ރައީސް ވަނީ އެދި ވަޑައިގެންފައެވެ.

މި ލިއުމާއި ގުޅޭ