Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ރައީސްގެ ރައްދު: އަޅުގަނޑަކީ އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ހައްގުގައި ޖެހޭނެ މީހެއް ނޫން

އިދިކޮޅު ފަރާތްތަކުން އެމަނިކުފާނަށް ނިސްބަތްކޮށް ދައްކަމުންގެދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަަކަ ތަކެއް ނޫންކަމަށާއި އެމަނިކުފާނަކީ ރައްޔިތުންގެ ހައްގުގައި ޖެހޭނެ ބޭފުޅެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގައި ސަރުކާރުން ތާއީދުކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް އާ ގުޅޭގޮތުން ދައްކަމުންގެންދާ ކޮރަޕްޝަންގެ މައްސަލަތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނަކީ އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ހައްގުގައި ޖެހޭނެ މީހެއް ނޫން ކަމަށާއި އަދި ރައްޔިތުންގެ މުދަލަކު ވެސް ޖެހޭނެ މީހެއް ނޫން ކަމަށެވެ.

ރައްޔިތުންގެ ފައިސާ އަކު ޖެހޭނެ މީހެއް ނޫން ކަމަށް ވިދާޅުވެ ރައީސް ދެއްވި ޔަގީން ކަމަކީ އެމަނިކުފާނަށް ﷲސުބުހާނަހޫވަތައާލާ ކިބައިން އެކަލާންގެ ފުއްސެވުމާ ރުއްސެވުން ލިބުން މާ މުހިންމު ކަމަށެވެ.

“އަޅުގަނޑަކީ އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ހައްގުގައި ޖެހޭނެ މީހެއް ނޫން. ރައްޔިތުންގެ މުދަލަކު ޖެހޭނެ މީހެއް ނޫން. ރައްޔިތުންގެ ފައިސާ އަކު ޖެހޭނެ މީހެއް ނޫން. އަޅުގަނޑަށް މާ މުހިންމު ﷲސުބުހާނަހޫވަތައާލާ ކިބައިން އަޅުގަނޑަށް އެކަލާންގެ ފުއްސެވުމާ ރުއްސެވުން ލިބުން" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްރަކުން ‏އުޑުގަ ޖެހިފައި ބިމުގައި ޖެހުނަސް އެމަނިކުފާނާ ދެކޮޅަށް ދެއްކޭނެ އެކައްޗެއް ވެސް ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ގަދައަށް އެ ވާހަކަ ދެއްކުމަށެވެ. އެވާހަކަތައް ދެއްކި ވަރަކަށް ބޭޒާރު ވާނީ އިދިކޮޅު ފަރާތްތައް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"‏އުޑުގަ ޖެހިފައި ބިމުގައި ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެކައްޗެއް ވެސް ނޯންނާނެ. އަޅުގަނޑު އެދެނީ ގަދައަށް ތި ވާހަކަ ދައްކަން. ދެއްކި ވަރަކަށް ތި ބޭފުޅުން ބޭޒާރު ވާނީ. އެ އެއްޗެހި ވޯކެއް ނުކުރާނެ މިހާރަކު" ރައީސް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވެސް ރައީސް ވަނީ އެމަނިކުފާނުގެ މެނިފެސްޓޯ މި ފަސްއަހަރު ނިންމެވާއިރަށް ބާރު ސްޕީޑުގައި ތަންފީޒު ކުރުމަށްޓަކައި ސަރުކާރުން ތާއީދު ކުރާ ކެންޑިޑޭޓުން އިންތިޚާބުކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ލިއުމާއި ގުޅޭ