Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ހަންކެޑެ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަށް ފެށިގެންދާނެ: ރައީސް

އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަށާއެންމެ ބޮޑު މަޝްރޫއު ކަމަށްވާ ހަންކެޑެ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަށް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ އަށް މިހާރު ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަޝްރޫއު އަކީ 2080 އެނދުގެ މަޝްރޫއެއް ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ވާހަކަ ކުރީ ސަރުކާރުން 2021 ވަނަ އަހަރު ދައްކަން ފެށިކަމަށެވެ. އަދި އެތަން ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ކަނޑައެޅި ކަމަށެވެ. ނަމަވެސް ތިން އަހަރު ފާއިތުވެގެން ދިޔައިރު އަމަލީގޮތުން އެއްވެސް މަސައްކަތެއް ފެށިފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ކަންކަން ކުރައްވާނީ އަމަލީގޮތުން ނަތީޖާ ފެންނަ ގޮތަށެވެ.

"އަޅުގަނޑުމެން ވާހަކައެއް ގޮތުގަ ތަރައްގީއެއް ނުބާއްވާނަން. ފޮތެއްގައި ލިޔެފައެއް ނުބާއްވާނަން. އަމަލީގޮތުން ތަރައްގީ ގެންނާނީ. އެހެންވީމާ ހަންކެޑެ މަޝްރޫއު އަމަލީގޮތުން ލޮލަށް ފެނިވަޑައިގަންނަވާ ގޮތަށް 2080 ބެޑްގެ މަޝްރޫއު ފެށިގެން ދިޔައިމަ ނިމޭއިރު ގާތް ގަނޑަކަށް 1980 ވަރަކަށް ސީދާ ޑައިރެކްޓް ވަޒީފާ އެތަނުން އުފެދޭނެ" ރައީސް ވިދާޅުވިއެވެ.

އަދި އެއާ ވިދިގެން އަންނަ އިޑަސްޓްރީގެ ސަބަބުން އިތުރު 1800 އެއްހާ ވަޒީފާ އުފެދިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި މަސައްކަތްތަކަކީ އައްޑޫސިޓީގައި ފެށުމަށް ހަމަޖެހިފައިވާ އައްސޭރި ޓޫރިޒަމްގެ އިތުރަށް އައްޑޫއަށް އަންނާނެ ޓުރިޒަމްގެ ކުރިއެރުންތައް ކަމަށެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި މިހާރު އަޅަމުންދާ ބްރިޖުގެ ސަބަބުން ވެސް އައްޑޫ ސިޓީގެ އިގްތިސާދަށް ނުހަނު ބޮޑު ކުރިއެރުންތައް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އައްޑޫގައި ބްރިޖް އަޅާތީ މަލާމާތް ކުރާ މީހުންނަށް ވެސް ރައީސް ވަނީ ރައްދު ދެއްވައިފައެވެ. ރައީސް ވިދާޅުވީ އޭގެ ސަބަބުން އެތައް މައްސަލަތަކަށް ހައްލު ލިބި އިޖްތިމާއީ ގޮތުން ކުރިއެރުންތަކެއް އައްޑޫ ސިޓީއަށް އަންނާނެ ކަމަށެވެ.

ރައީސް ވަނީ އެމަނިކުފާނު ބޭނުންފުޅުވާ ބާރު ސްޕީޑުގައި ކުރިޔަށް ގެންދިޔުމަށްތަކައި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް އައްޑޫ ސިޓީއިން ވާދަ ކުރާ އަށް ކެންޑިޑޭޓުން ހޮވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ލިއުމާއި ގުޅޭ