Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

ކުޑަކުދިން އެކްސްޕްލޮއިޓުކުރުމުގެ މައްސަލަތަކުގެ ތަހުގީގާއި ދައުވާގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް ޕީޖީން ނެރުއްވައިފި

ކުޑަކުދިން އެކްސްޕްލޮއިޓުކުރުމުގެ މައްސަލަތަކުގެ ތަހުގީގާއި ދައުވާގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމު ނެރުއްވައިފިއެވެ.

ޕީޖީ އޮފީހުން ނެރުނު އެ އަމުރުގައިވާ ގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 122 ވަނަ މާއްދާގައި ކުޑަކުދިން އެކްސްޕްލޮއިޓުކުރުމުގެ ކުށް ބަޔާންކޮށްދީފައިވާއިރު އެ ކުށުގެ ތެރޭގައި، ތަފާތު އެކި އެކި ކުށް ކުރުމަށްޓަކައި ކުޑަކުދިން ރެކްރޫޓްކޮށް ނުވަތަ އެނޫން ގޮތަކަށްވެސް ބޭނުންކުރުމަކީ އޭގެ ޒާތުގައި ކުށެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ކުޑަކުދިން އެކްސްޕްލޮއިޓުކުރުމުގެ ކުށުގެ ތެރޭގައި ހިމެނޭ ކަންކަމަށް އެ މާއްދާގައި ބުނެފައިވަނީ، މަޖުބޫރުކުރުވައިގެން ނުވަތަ އޮޅުވާލައިގެން ނުވަތަ ބިރުދައްކައިގެން ކުޑަކުއްޖަކު ލައްވައި މަސައްކަތްކުރުވުމާއި، މަޖުބޫރުކުރުވައިގެން ނުވަތަ ބިރުދައްކައިގެން ނުވަތަ އޮޅުވާލައިގެން ކުޑަކުއްޖަކު ލައްވައި އެހެންމީހަކަށް ފައިދާއެއް ހޯދައިދިނުމާއި، ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމާއި، ޖިނާއީ ކުށެއް ކުރުވުމަށްޓަކައި ކުޑަކުއްޖަކު ރެކްރޫޓުކުރުވުން ނުވަތަ ގުރޫމްކުރުމެވެ.

ކުޑަކުދިން އެކްސްޕްލޮއިޓުކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުަގއި އެ ޤާނޫނުގައި ކަނޑައަޅާފައިވަނީ 3 އަހަރުދުވަހަށް ޖަލަށްލުމެވެ. އަދި އެކުށްކުރި މީހަކީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކަށްވާނަމަ އޭނާއަށް ދޭ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 5 އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

(ހ) އަންނަނިވި ޙާލަތްތަކުގައި، އަންނަނިވި ޢަމަލުތައް ކުރާ މީހާ އެކުރަނީ ކުށެކެވެ. (1) މަޖުބޫރުކުރުވައިގެން ނުވަތަ ބިރުދައްކައިގެން ނުވަތަ އޮޅުވާލައިގެން ކުޑަކުއްޖަކު ލައްވާ މަސައްކަތް ކުރުވުން؛ ނުވަތަ (2) މަޖުބޫރުކުރުވައިގެން ނުވަތަ ބިރުދައްކައިގެން ނުވަތަ އޮޅުވާލައިގެން ކުޑަކުއްޖަކު ލައްވާ އެހެން މީހަކަށް ފައިދާއެއް ހޯދައިދިނުން؛ ނުވަތަ (3) ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުން؛ ނުވަތަ (4) ޖިނާއީ ކުށެއް ކުރުވުމަށްޓަކައި ކުޑަކުއްޖަކު ރެކްރޫޓްކުރުން ނުވަތަ ގްރޫމްކުރުން. (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. (ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކުރީ، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކުނަމަ، އެ ކުށުގެ އަދަބަކީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 122 ވަނަ މާއްދާ

ޕީޖީން އޮފީހުން ވިދާޅުވީ، މިބާވަތުގެ ކުށަަކީ އެކުށްތައް ތަހުގީގުކުރުމާއި ދައުވާކުރުމުގައި ގޮންޖެހުންތަކެއް ހުރި ބާވަތެއްގެ ކުށަކަށްވާތީއާއި، މިކަމުގައި ޖިނާއީ އަދުލުގެ ނިޒާމުގައި ޙަރަކާތްތެރިވާ ހުރިހާ އިދާރާތަކުން އެއްގޮތަކަށް ޢަމަލުކުރާކަން ކަށަވަރުކުރުމަށްޓަކައި، ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށުގެ މައްސަލަތައް ތަޙްޤީޤުކުރުމުގައާއި ދަޢުވާކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދެއް ޕީޖީ ދެއްވާފައިވާ ކަމަށެވެ. މިއީ ޕްރޮސެކިއުޓާ ޖެނެރަލްގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ރ)ގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ތުހުމަތުކުރެވޭ އަމަލުތަކާ ގުޅިގެން ތަހުގީގުތައް ހިނގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމަށް ޕީޖީއާ މަތިކޮށްފައިވާ ޒިންމާގެ ދަށުން ނެރުއްވި އިރުޝާދެއްކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

އަދި މިއިރުޝާދުގެ ސަބަބުން، ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ އަދި ކުޑަކުދިން ގްރޫމްކޮށްގެންނާއި ރެކްރޫޓުކޮށްގެން އެކުދިން ލައްވާ ކުށްކުރުވާ މީހުންގެ މައްސަލަތައް، ރާއްޖޭގެ ހުރިހާ ދިމާއެއްގައި މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބަލައި ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

އިތުރަށް ޕީޖީ އޮފީހުން ބުނެފައިވަނީ، މިބާވަތުގެ މައްސަލަތަކުގައި ފުލުހުން ތަޙްޤީޤުގައި ބަލާނެކަންކަމާއި ދައުވާކުރުމުގައި ގެންގުޅޭ އުޞޫލުތައް، މިދާއިރާގައި މަސައްކަތްކުރާ ހުރިހާ އިދާރާތަކަށް ސާފުވެފައި އޮންނާނެ ކަމަށެވެ،

ދާދިފަހުން ދިވެހި ފުލުހުންގެ ޚިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިދާރާއިން ފާހަގަކޮށްފައިވަނީ ކުޑަކުދިން ކުށްތަކުގައި ޝާމިލުވާ މައްސަލަތައް އިތުރުވަމުންދާކަން އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އަދި ކުށްކުރާ ގުރޫޕުތަކުގައި ކުދިން ޝާމިލުކޮށްގެން ކުޑަކުދިން ލައްވައި ކުށްކުރުވާކަން ފުލުހުންގެ ތަހުގީގުތަކުން އެނގިފައިވާކަމަށްވެސް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ. އަދި ބައެއް ޤާނޫނުތައް ފަރުމާކުރެވިފައި ހުރި ގޮތުން ކުޑަކުދިން ކުރާ ކުށްތައް ތަހުގީގުކުރުމުގައި ދަތިތަކެއް ކުރިމަތިވާކަން ފުލުހުން ފާހަގަކުރިއެވެ.

މި ލިއުމާއި ގުޅޭ