Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކެޕްޓަން އިހުސާން

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 1 އަހަރުތެރޭ ހައްލުކުރާނަން: އިހްސާން

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 1 އަހަރުތެރޭ ހައްލު ކުރައްވާނެ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސުވާލުކުރެއްވުމަށް އިހުސާން ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ. އަދި ގިނަ މެންބަރުން ވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލުކުރައްވާފައެވެ.

އިހްސާން ވިދާޅުވީ، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ރަށްރަށުގެ ކައުންސިލްތަކާއި ފުލުހުންނާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ބިދޭސީންގެ ދަފްތަރު ކައުންސިލްތަކުގައި އޮތުން ގާނޫނުން މެންޑޭޓު ކުރާ ކަމަށާއި ނަމަވެސް ބިދޭސީން ޑޭޓާބޭސްއަށް ކައުންސިލްތަކަށް ނުވަދެވޭ ކަމަށާއި، ކައުންސިލްތަކަށް ފިންގާޕްރިންޓް ޓާބޭސްއަށް އެކްސެސް ދެވި ފިންގަ ޕްރިންޓް ސްކޭން ކުރާ މޯބައިލް ޑިވައިސްތަކާއި, ފިކްސްޑް ޑިވައިސް ކައުންސިލްތަކާއި ޕޮލިސް ސްޓޭޝަންތަކަށް ދީފައިވާ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ، ޕޮލިސް ސްޓޭޝަންތަކަށާއި، ކައުންސިލްތަކަށް ދީފައިވާ އެކްސެސް އިން ރަށްރަށުގައި އުޅޭ ބިދޭސީންގެ ތެރެއިން ފުރައިގެން ދަނީ ކޮން ބައެއްތޯ އަދި އަނބުރާ އަންނަނީ ކޮންބައެއްތޯވެސް ދެނެގަނެވޭނެ ކަމަށެވެ.
" "އެ ސިސްޓަމަށް އެކްސެސް ކައުންސިލްތަކާއި ފުލުސް ސްޓޭޝަންތަކަށް ދެވިފައި, ފިންގާ ޕްރިންޓްގެ ޒަރިއްޔާއިން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން އައިޑީ ކުރަން ފަށާ ހިސާބުން"
އިހުސާން ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ކަނޑައެޅިގެން ވިދާޅުވަން ދަތިކަން ފާހަގަކުރައްވަމުން އިހްސާން ވިދާޅުވީ، ރާއްޖޭގައި އެއް ލައްކައަށްވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން އެކްޓިވް ވޯކް ޕާމިޓުގައި އެބަތިބި ކަމަށެވެ.

އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނީ އިމުގެ ތެރެޔަށް ގެނައުމަށް ފުރުސަތު ދިނުމަށްފަހު އެކަން ނުކުރާ ފަރާތްތައް ޑީޕޯޓްކޮށްލާނެ ކަމަށާއި، ކުރިއަށް އޮތް 1 އަހަރު ދުވަހުގެ ތެރޭގައި މިކަންތައް ގާނޫނީ ހަމައިގެ ތެރެއަށް ގެންނާނެ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުގައި ބަންގްލަދޭޝް މުވައްޒަފުންނަށް ރާއްޖެ ނާދެވޭނެހެން ނިންމުމުން އެތައް ވިޔަފާރިވެރިންތަކެއް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިސަރުކާރުން ވަނީ ރާއްޖެއަށް އަންސްކިލްޑް ބިދޭސީން ގެނެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފައެވެ.

މި ލިއުމާއި ގުޅޭ