Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކެޕްޓަން އިހުސާން

ފުލުހުންގެ ކަސްޓޯޑިއަލްގައި މިހާރު ނުނިމި ކުޑަކުއްޖެއްގެ އެއްވެސް ކޭސްއެއް ނޯންނާނެ: މިނިސްޓަރު އިހްސާން

ފުލުހުންގެ ކަސްޓޯޑިއަލްގައި ނުނިމި ކުޑަކުއްޖެއްގެ އެއްވެސް ކޭސްއެއް ނޯންނާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހްސާން މިފަދައިން ވިދާޅުވީ ވަޒީރުންނާ ސުވާލު ކުރުމަށް ރޭ ކުރިއަށްގެންދިޔަ "އަހާ" ފޯރަމްގައި އާންމު ރައްޔިތަކު ކުރިސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ކުޑަކުއްޖަކު ކުށެގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމާއެކު ޖުވެނައިލް ކޯޓު މެދުވެރިކޮށް އެ މައްސަލައިގެ ޝަަރީއަތްތައް އަވަސްކޮށް އެ މައްސަލަ ވީހާވެސް އަވަހަށް ނިންމުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

އަދި މި ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތަކީ ކުށަކަށް އަރައިގަނެގެން ނުވަތަ ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ކުދަކުދިން ކަސްޓޯޑިއަލްގައި ބަހައްޓައިގެން ޝަރީއަތްތައް އަވަސް ކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މިހާރު ކުޑަކުއްޖަކާއި ގުޅޭ އެއްވެސް ކޭސްއެއް ކަސްޓޯޑިއަލްގައި ނޯންނާނެކަން މިނިސްޓަރު އިހްސާން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އަދުލުގެ ނިޒާމުގެ ތެރޭގައި 15 އަހަރުން ދަށުގެ ކުޑަކުދިން ކުށުގެ ޒިންމާ ނެގުން އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި އެކަން އޮންނަ ގޮތް ކަމަށާއި 12 އަހަރަށް އެޅުމަށްފަހު އެކުއްޖަކު ކުރާ ކުށުގެ ޒިންމާ އެކުއްޖަކު އުފުލަން ޖެހޭ ކަމަށެވެ.

އެކަމުގެ ސަބަބު ފާހަގަކުރައްވާ މިނިސްޓަރު އިހްސާން ވިދާޅުވީ 15 އަހަރު ނުވާ ކުދަކުދިން ލައްވާ މީހުން ކުށް ކުރުވާތީ ކަމަށާއި ކުށުގެ މާހައުލުގައި އުޅެމުން ކުށްތަކަށް އަރައިގަންނަ ކުދިންވެސް އުޅޭކަމަށެވެ.

ނަމަވެސް ރާއްޖޭގައި މިހާރު އޮތް ނިޒާމުގެ ތެރެއިން ކުޑަކުދިން ކަމުގައިވާތީ އެކުދިންނާމެދު ފިޔަވަޅު އަޅައި ރީހެބިލިޓޭޝަން ޕްރޮސެސްއެއް ފެށެން ނެތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށް މުޖުތަމައުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި އެކުދިން ނެރެވޭނެ ގޮތްތައް ސަރުކާރުން ދަނީ ހޯދަމުންނެވެ.

އެގޮތުން ދ.ކުޑަހުވަދޫ އަދި ހއ.ހޯރަފުށީގައި ޤާއިމުކޮށްފައިވާ ހާފްވޭ ހައުސް ޖުވެނައިލް ރެސިޑެންޝިއަލް ޓްރީޓްމަންޓް ސެންޓަރު މިހާރު ހިންގުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ