Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިހުސާން

މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށް ރައީސްގެ ސިޔާސަތު ފުރިހަމައަށް ތަންފީޒުކުރާނަން: އިހްސާން

މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އެހެން ވިދާޅުވީ މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާތީ އެކަންކަން ހުއްޓުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި "ވެސެލްސް ޓްރެކިން ޑިވައިސް" ހަރުކޮށް މޮނިޓަރކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމެވުމާއި ގުޅިގެން މިއަދު އެކްސްއެއްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ނިންމުމާއި ގުޅިގެން ވަޒީރު ވިދާޅުވީ މަސްތުވާތަކެތި ސަޕްލައި މަދުކުރުމަށް ރައީސްގެ އެ ނިންމެވުމަކީ ވަރަށް ފުރިހަމަ ނިންމެވުމެއް ކަމަށެވެ.

"މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށް ރައީސް ކަނޑައަޅުއްވާފައިވާ ސިޔާސަތުތައް ފުރިހަމަޔަށް ތަންފީޒުކުރާނަން."ވަޒީރު ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ވަނީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި ޓްރެކިން ޑިވައިސްއެއް ހަރުކުރުމަށް ލާޒިމުކުރުމަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަންދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް އިސްލާހު ގެންނެވުމަށްވެސް ނިންމަވާފައެވެ.

އަދި އެ ޑިވައިސް ހަރުކުރާ އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓާ ކުރުމުގެ އިންތިޒާމު ދިވެހި ފުލުހުންގެ ހިދުމަތުގެ މެރިޓައިމް އޮޕަރޭޝަން ސެންޓަރުގައާއި އަދި އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަންގައި ހަމަޖެއްސެވުމަށްވެސް އިއްޔެ ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވައިފައެވެ.

މަސްތުވާތަކެއްޗަކީ ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަން ފާހަގަ ކުރައްވައި މަސްތުވާތަކެތިން ޒުވާނުން ސަލާމަތް ކުރުމަށް އިޖްތިމާއީ ގޮތުން ކުރެވޭނެ ކަންކަން ބަލައި އެކަންކަމަށް އެދެވޭ ހައްލު ހޯދައި ދެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެގޮތުން ޒުވާނުންނަށް ބޯހިޔާވަހިކަމާއި ވަޒީފާ ލިބުމަށް ހުރި ގޮންޖެހުންތައް މި ސަރުކާރުގެ 5 އަހަރު ނިމޭއިރު ހައްލު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ