Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

އިތުރު ފިޔަވަޅުތަކަކާ އެކު ޑޮލަރުގެ އާންމު ރޭޓް އަދިވެސް ދަށަށް ދާނެ: ސައީދު

އިތުރު ފިޔަވަޅުތަކަކާ އެކު ޑޮލަރުގެ އާންމު ރޭޓް އަދިވެސް ދަށަށް ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ، މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތްފުޅާއި ޕްލޭންތަކުގެ ސަބަބުން ރާއްޖެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި އޮތް ދަތިހާލުން މިހާރު އަރައިގަނެވިފައިވާ ކަމަށެވެ.

އެގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ޑޮލަރުގެ ރޭޓް މަތިވެފައިވީ ނަމަވެސް، ރޯދަ މަހާއި އުމްރާ އަދި ހައްޖަށް ދިއުމުގެ އިތުރުން ރާއްޖެއަށް އެތެރެ ކުރާ މުދާ އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި ޑޮލަރުގެ ރޭޓް ދަށަށް ދާ ކަން ފާހަގަވެފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

އަދި އިތުރު ފިޔަވަޅުތަކަކާއެކު ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ އަގު އިތުރަށް ދަށްވެގެންދާނެ ކަމަށް ބެލެވޭ ކަމަށެްވެސް ސައީދު ވިދާޅުވިއެވެ.

ޑޮލަރުގެ އަގު ދަށް ކުރުމަށް މަސައްކަތްތަކެއް ކުރެއްވުމުގެ ގޮތުން މިހާރު ވަނީ ދިވެހި ފައިސާ ޗާޕުކުރުން ހުއްޓާލާފައެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލައިގައި އިމިގްރޭޝަންއާއި ފުލުހުން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަންގައި 7 ބިދޭސީން ހައްޔަރުކުރިއެވެ. އަދި އެމީހުން މިހާރު ޑީޕޯޓުކޮށްލަން އިމިގްރޭޝަނުން ވަނީ ނިންމާފައެވެ.

މި ލިއުމާއި ގުޅޭ