Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

ފުރަތަމަ 3 މަހުންވެސް މިއީ ރައްޔިތުންގެ ރައީސްކަން ސާބިތުކޮށްދެއްވައިފި: މިނިސްޓަރު ސައީދު

ފުރަތަމަ 3 މަހުންވެސް މިއީ ރައްޔިތުންގެ ރައީސްކަން ސާބިތުކޮށްދެއްވައިފި ކަމަށް އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ޖަވާބުދާރީވުމުގައި ރައީސް މުއިއްޒަކީ ވަރަށް ޒިންމާދާރު ވެރިއެއް ކަމަށެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ކޮންމެ ރައްޔިތަކަށް ކޮންމެ ވަގުތަކު ޚިޔާލާއި ޝަކުވާ ހުށަހެޅޭ ޚާއްސަ ޕޯޓަލް "ރައްޔިތުންގެ އަޑު" ރައީސް އޮފީހުން ލޯންޗު ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެހެން ސަރުކާރުތަކާއި ޚިލާފަށް ރައީސް ޑރ. މުއިއްޒު ގެންދަވަނީ ރައްޔިތުންގެ އަޑުއައްސަވައިގެން ވެރިކަން ކުރެއްވުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވަމުންނެވެ.

އެގޮތުން ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށް ހަދާފައިވާ ޕްލެޓްފޯމް ތަކަށް ބަލާއިރު، ރަށްތަކާއި ސިޓީތަކަށް އެމަނިކުފާނު ގެންދަވަނީ ދަތުރުކުރައްވަމުންނެވެ. އަހާ ފޯރަމް މެދުވެރިކޮށް ރައްޔިތުންގެ ސުވާލުތަކަށް ވަގުތުން ޖަވާބު ދެއްވައެވެ.

މީގެ އިތުރުން ރައީސްގެ ޖަވާބު، މެދުވެރިކޮށް ރައްޔިތުންކުރާ ސުވާލުތަކަށް ވީޑިއޯ މެދުވެރިކޮށް ޖަވާބު ދެއްވައެވެ. އެހެންކަމުން މި ތައާރަފް ކުރި "ރައްޔިތުންގެ އަޑު" ވެގެންދާނީ ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތަށް އިތުރުވާ އިތުރުބޮޅަކަށެވެ.

މި ލިއުމާއި ގުޅޭ