Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަކުނުދޫ

މަކުނުދޫގައި ނަރުދަމާ ސައިޓްގައި އެއްޗެއް ގޮވައި، ދެ މީހުން ނިޔާވެއްޖެ

ހދ. މަކުނުދޫގައި ނަރުދަމާގެ މަސައްކަތް ކުރަމުންދިޔަ ސައިޓުގައި އެއްޗެއް ގޮވައި، ދެ މީހުން މަރުވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މަކުނުދޫގައި ނަރުދަމާގެ މަސައްކަތް ކުރަމުންދިޔަ ސައިޓުގައި އެއްޗެއް ގޮވާފައިވާކަމަށް ހޮނިހިރު ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ. މި ހާދިސާގައި ދެ މީހުން މަރުވެފައިވާކަމަށް މައުލޫމާތު ލިބިފައި ވާކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް މައުލޫމާތުދެމުން ބުނެފައިވަނީ މި ހާދިސާގައި މަރުވީ ބިދޭސީ ދެ މީހުން ކަމަށެވެ. އަދި ސައިޓުގައި ގޮވީ ގޭސް ސިލެންޑަރެއްކަމަށްވެސް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މަކުނުދޫގައި އެއްޗެއް ގޮވާފައިވާއިރު, ބުރާސްފަތި ދުވަހު އެ އަތޮޅު ކުޅުދުއްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވުމުގެ ސަބަބުން މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

މި ލިއުމާއި ގުޅޭ