Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓިކްޓޮކް

އެމެރިކާގެ ފެޑެރަލް ވަސީލަތްތަކުގައި ޓިކް-ޓޮކް ގެންގުޅުން މަނާކުރަން އަމުރެއް

ޗައިނާއިން ޖާސޫސް ކުރުމަށް ބޭނުންކުރާ ވަސީލަތެއްކަމަށް ތުހުމަތުކޮށް، ހުރިހާ ފެޑެރަލް އިދާރާތަކެއްގައި ގެންގުޅޭ ވަސީލަތްތަކުގައި ޓިކް-ޓޮކް ގެންގުޅުން މަނާކުރުމަށް އެ ގައުމުގެ ކޮންގްރެސްއިން އަމުރު ނެރެފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގައި ފެޑެރަލް ވަސީލަތްތަކުގައި ޓިކް-ޓޮކް ގެންގުޅުން މަނާކުރުމަށް ވޯޓްލައި، އެކަން ތަންފީޒުކުރުމަށް 60 ދުވަހުގެ މުއްދަތެއް އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރަށް ދީފައިވެއެވެ. ކެނެޑާ ސަރުކާރުގެ ވަސީލަތްތަކުގަޔާއި އަދި ޔޫރަޕިއަން ޔޫނިއަންގެ (އީޔޫ) ވަސީލަތްތަކުގައިވެސް ޓިކް-ޓޮކް ގެންގުޅުން މިފަހުން މަނާކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އެމެރިކާގެ ފެޑެރަލް ވަސީލަތްތަކުގައި ޓިކް-ޓޮކް ގެންގުޅުން މަނާކުރަން ނިންމުމުގެ ކުރިންވެސް ވައިޓް ހައުސް، ޑިޕާޓްމެންޓް އޮފް ޑިފެންސް، ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓި، އަދި ސްޓޭޓް ޑިޕާޓްމެންޓް ފަދަ ބައެއް އިދާރާތަކުގެ ވަސީލަތްތަކުގައި އެ އެޕް ގެންގުޅުން މަނާކޮށްފައިވެއެވެ. މިފަހުން ކޮންގްރެސްއިން ކުރި އަމުރުގެ ސަބަބުން ބާކީ ހުރި ފެޑެރަލް އިދާރާތަކުގެ ވަސީލަތްތަކުގައި ޓިކް-ޓޮކް ގެންގުޅުން މަނާކުރެވޭނެއެވެ.
ސަރުކާރުގެ ޖުމްލަ ހުރިހާ ވަސީލަތަކުން ޓިކް-ޓޮކް މަނާކުރުމުގެ ފުރިހަމަ ބާރު ރައީސް ބައިޑަންއަށް ލިއްބައިދޭނެހެން، ހައުސް އޮފް ފޮރެއިން އެފެއާޒް ކޮމިޓީއިން ބިލަކަށް ވޯޓުލާން ނިންމާފައިވެއެވެ.
އެ ކޮމިޓީގެ ޗެއާ މިއިކް މެކްކޯލް ވިދާޅުވާގޮތުގައި، ޓިކް-ޓޮކް މެދުވެރިކޮށް ޗައިނާއިން ދަނީ އެމެރިކާގެ އެންމެންނަށް ޖާސޫސް ކުރަމުންކަމަށެވެ.
ގިނަ ފެޑެރަލް އިދާރާތަކުގެ ވަސީލަތްތަކުގައި ޓިކް-ޓޮކް ގެންގުޅުން މަނާކުރެވުނަސް، ގާނޫނު ތަންފީޒުކުރުމުގަޔާއި، ގައުމީ ދިފާއީ ކަންކަމުގައި އަދި ސެކިއުރިޓީ ދިރާސާތަކުގައި، އެ އިދާރާއެއްގެ ހިންގުމާއި ހަވާލުވެގެން ހުރި ފަރާތެއްގެ ހުއްދަ ނަގައިގެން ޓިކް-ޓޮކް ބޭނުން ކުރެވޭނެކަމަށް، އެ އެޕް މަނާކުރުމުގެ ޝަރުތުތަކުގެ ބަޔާނުގައި ތަފްސީލްކޮށްފައިވެއެވެ.
އެ އެޕް ގެންގުޅުން މަނާކުރުމުން އެކަމުގެ ރައްދުގައި، އެޕް ހިންގާ ބައިޓް-ޑާންސް ކުންފުނިން ބުނާގޮތުގައި، ޓިކް-ޓޮކް މަނާކުރުމުގެ މަސައްކަތުގެ ފަހަތުގައި އޮތް ޗައިނާއިން ޖާސޫސްކުރާ ކަމުގެ ތުހުމަތުތަކަކީ ދޮގު މައުލޫމާތުކަމަށާއި، އަދި އެފަދަ އަމަލެއް ހިންގުމުގެ ތުހުމަތު އިންކާރުކިއެވެ.

ޓިކް-ޓޮކް ކުންފުނިން އަދި މިކަމާއި ބެހޭގޮތުން އެއްވެސް އެއްޗެކޭ ބުނެފައިނުވެއެވެ.

މި ލިއުމާއި ގުޅޭ