Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

ސިފައިންގެ ސެކިއުރިޓީއާއެކު ޔޯގާގެ އަމަލެއް ހިންގަން ފުރުސަތު ދިން މައްސަލައެއް

ހުޅުމާލޭގައި ސިފައިންގެ ސެކިއުރިޓީއާ ހިމާޔަތުގައި މީހަކު ޔޯގާ އަޅުކަންކޮށްފިކަމުގެ ތުހުމަތު ކޮށްފިއެވެ.

މި މައްސަލައާ ގުޅޭ ވީޑިއޯއެއް އާއްމުކުރައްވާ އާއްމުންގެ ސަމާލުކަމަށް ގެނެސްދެއްވާފައިވަނީ އައްޝައިޚް އާދަމް ނިޝާންއެވެ.

ޝައިޚް ނިޝާން އާއްމުކުރެއްވި ވީޑިއޯއިން ފެންނަނީ ހުޅުމާލޭ ތޮށިގަނޑު މަތީގައި މީހަކު މޫދަށް ކުރިމަތިލައިގެން އިނދެ ހަރަކާތްތަކެއް ކުރާ މަންޒަރެވެ.

ޝައިހް ނިޝާން މިކާން ހާމަކޮށް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ އެދުވަހުގެ ހެނދުނު ސިފައިން ސެކިއުރިޓީއާއި ޙިމާޔަތް ދީގެން ހުޅުމާލޭގައި، ހިންދީ ދީނުގެ ޔޯގާ ހަރަކާތުގެ އެންމެ ބޮޑު ޝިރުކު ހިމެނޭ "ސޫރިޔާ ނަމަސްކާރު - ސަން ސެލިއުޓޭޝަން" ހަދަމުން ދިޔަ މަންޒަރު ކަމަށެވެ.

ޝައިޚް ނިޝާން ވިދާޅުވީ ދީނީ ގޮތުން މިއީ އެއްގޮތަކަށްވެސް ހުއްދަވާނެކަމެއް ނޫން ކަމަށާއި މިފަދަ ޝިރުކުގެ ޢަމަލުތައް ކުރުމަށް ފުރުޞަތު ދިނުމަކީ ޤާނޫނީ ގޮތުންވެސް މަނާކުރެވިފައިވާ ކަމެއް ކަމަށެވެ. އަދި ދިވެހި ސިފައިންނާއި ފުލުހުންގެ މައްޗަށް ދީނީގޮތުންނާއި ޤާނޫނީ ގޮތުން ވާޖިބުވެ ލާޒިމްވެގެންވަނީ މިފަދަ ކަންކަން ހުއްޓުވުން ކަމަށް ޝައިޚް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މިފަދަ ޝިރުކާއި ކުފުރުގެ ކަންކަން ކުރުމަށް ފުރުޞަތުދީ، އެތަންތަނުގެ ސެކިއުރިޓީ ބަލަހައްޓައި ޙިމާޔަތްދީ ހަދާ މީސްތަކުން މާދަމާ، އެމުޝްރިކުންނާއި ޝިރުކުގެ ޢަމަލުތަކާއި އެކު މަޙްޝަރު ވާން ބޭނުންވަނީތޯ އައްސަވާ ޝައިޚް ނިޝާން ވަނީ ސުވާލު އުފައްދަވާފައެވެ.

"އަދި ތިމަންމެން އެކަން ކުރީ ތިމަންމެންގެ ވެރީންނާއި ބޮޑުން އަންގައިގެނޭ ބުނެ ސަލާމަތްވާނޭ ކަމަށް ހީކުރަނީ ހެއްޔެވެ؟" ޝައިޚް ސުވާލު ކުރައްވާފައިވެއެވެ.

ނިޝާން އާއްމު ކުރެއްވި ވީޑިއޯއިން ފެންނަ މީހާ ހަރަކާތްތައް ކުރަމުން ގެންދިޔައިރު އަތިރިމަތީގައި އާދައިގެ ހެދުމުގައި ބަޔަކު ތިއްބޭތަން ފެނެއެވެ. އަދި އެސަރަހައްދުގައި އެމްއެންޑީއެފްގެ ކާރެއް ޕާކް ކޮށްފައި އޮތް މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

ޝައިޚް ނިޝާން މިފަދަ ވިޑިއޯއެއް އާއްމުކުރައްވާފައިވާއިރު ބައިނަލްއަޤުވާމީ ޔޯގާ ދުވަހުގައި ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސްއެޅި މައްސަލައާ ގުޅިގެން ޝައިޚް ނިޝާން އާއި ޝައިޚް ފަޟްލޫންގެ އިތުރުން އެހެން ބަޔަކުވެސް ހައްޔަރުކޮށްފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން ދެ ޝައިޚުންގެ މައްޗަށް ދައުވާވެސް ކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ