މީސްމީޑިޔާގައި އަމިއްލަ ބަރަހަނާ ވީޑިޔޯއެއް އާންމުކުރި ދިވެހި ފިިރިހެނަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.
މީސްމީޑިޔާގައި ބަރަހަނާ ވީޑިޔޯއެއް އާންމުކުރި މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ ހައްޔަރުކުރީ ރޭގައި ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މިހާރު ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކޮށް އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޓިކްޓޮކްގައި އަންހެން ހެނދުން އަޅައިގެން އުޅޭ ފިރިހެނެކެވެ. ފާޙިޝް އެކި ކަންކަމަށް ހިތްވަރު ލިބޭ ވީޑިޔޯތައް ޓިކްޓޮކް ފަދަ މަންސަތަކުގައި އާންމުކުރުން މިހާރަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ބަރަހަނާ ވީޑިޔޯއެއް މީސްމީޑިޔާގައި އާންމުކުރުމާ ގުޅިގެން އޭނާ ހައްޔަރުކުރަން ގިނަ ބަޔަކު ގޮވައިލަމުންދާތާ ދެތިން ދުވަސް ފަހުންނެވެ. އެކަމާ ގުޅިގެން މީޑިޔާތަކުން ކުރި ގިނަ ސުވާލުތަކަށްވެސް ފުލުހުން ޖަވާބުދީފައިނުވާކަން ފާހަގަވެއެވެ.