Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ސަރުކާރުގެ މައުލޫމާތުތައް ޙިއްސާކުރެއްވުމަށް ރައީސްގެ ވަޓްސްއެޕް ޗެނަލެއް

ސަރުކާރުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ރައްޔިތުންނާ ހިއްސާކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރަސްމީ ވަޓްސްއެޕް ޗެނަލެއް ހުޅުވައިފިއެވެ.

ރައީސް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ޗެނަލަކީ ސަރުކާރުގެ މުހިންމު މަޢުލޫމާތުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް އުފައްދަވާފައިވާ ޗެނަލެއް ކަމަށެވެ. އަދި މި ޗެނަލް މެދުވެރިކޮށް ސަރުކާރުގެ އެންމެ ފަހުގެ ޚަބަރުތަކާއި މުހިންމު މެސެޖުތައް ހިއްސާކުރައްވަމުން ގެންދަވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި ޗެނަލާ ގުޅުމުގެ ފުރުސަތު ވަނީ ދިވެހި ހުރިހާ ރައްޔިތުންނަށް ހުޅުވާލައްވާފައެވެ.

ސަރުކާރުގެ މަޢުލޫމާތު ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނާ ހިއްސާކުރުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވާ ކަމެކެވެ. އެގޮތުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށާއި ސަރުކާރުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް "ރައްޔިތުންނާ އެކު" ގެ ނަމުގައި ހާއްސަ ޕޮޑްކާސްޓެއްވެސް އެމަނިކުފާނު ވަނީ ފަށްޓަވާފައެވެ.

މި ލިއުމާއި ގުޅޭ