Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

އެންމެ އިސްކަންދޭ ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން - ރައީސް

ސަރުކާރުން އެންމެ އިސްކަންދޭ ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން ގެންދާ ދިވެހި ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން ކަމަށާއި ޞިއްޙީ ޚިދުމަތް ހަރުދަނާ ކުރުމަށް މިކުރާ މަސައްކަތުގައި ދިވެހި ޑޮކްޓަރުން ދެއްވާ މަޝްވަރާއާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާ ކަމަށެވެ.

ދިވެހި ޑޮކްޓަރުންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ޞިއްޙީ ޚިދުމަތުގެ ދާއިރާގައި މަސައްކަތް ކުރައްވާ މުޅި ޢާއިލާއަށް އަރިސްކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ޑޮކްޓަރުންގެ ދުވަހުގެ ގޮތުގައި އޭޕްރީލް 18 ފާހަގަ ކުރަނީ 1964 ވަނަ އަހަރުގެ އޭޕްރީލް 18 ވަނަ ދުވަހަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ޑޮކްޓަރަކު ހިދުމަތް ފެއްޓެވި ދުވަސް ކަމަށްވާތީ އެދުވަހާއި ގުޅުވައިގެންނެވެ.

ޑޮކްޓަރުންގެ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ ޑޮކްޓަރުންގެ ހިދުމަތުގެ އަގުވަޒަން ކުރުމާއިއެކު ސިއްހީ ހިދުމަތް ފުޅާކޮށް ތަރައްގީ ކުރުމުގައި ޑޮކްޓަރުންގެ ދައުރު ފުޅާ ކުރުމެވެ.

މި ލިއުމާއި ގުޅޭ