Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އާދަމް ނަޞީރު

ދިވެހީންގެ ސިކުނޑި ބިނާ ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުން: މިނިސްޓަރު

ދިވެހީންގެ ސިކުނޑި ބިނާކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި ގައުމިއްޔަތާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު އަޒާން ވަނީ ގައުމިއްޔަތު މިނިސްޓްރީއަށް ވަރަށް ގިނަ އަދަދެއްގެ ފައިސާ ޚަރަދުވަމުންދާކަން ފާހަގަ ކުރައްވައި، ޚަރަދުކުރެވޭ ފައިސާއާ އެއްވަރުގެ ބަދަލެއް ދިވެހި ގައުމަށާއި ރައްޔިތުންނަށް ލިބިދޭތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީރު ވިދާޅުވީ ދިވެހި ގައުމު ކިޔަނީ ދިވެހީންނަށާއި، ދިވެހީން ބިނާ ކުރުމަށް ކަމަށާއި، އެއީ ދިވެހިންގެ ވިސްނުން، ދިވެހިންގެ އަސްލުތަކާ އެއްގޮތަށް، ދިވެހިންގެ ސަލާމަތަށް ޓަކައި ބަދަލުކުރުން ކަމަށެވެ.

އަދި އެއީ ދިވެހީންގެ ވިސްނުން ދިވެހީންގެ އަސްލުތަކާ އެއްގޮތަށް ސަލާމަތަށްޓަކައި ބަދަލުކުރުން ކަން ފާހަގަ ކުރައްވައި މިނިސްޓަރު ނަސީރު ވިދާޅުވީ، އެކަމަކީ ދިވެހި ދައުލަތް ސަލާމަތުން ބޭއްވުމަށްޓަކައި އަދި ދިވެހިން ދެމިތިބުމަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ދިވެހީންގެ ސިކުނޑި ބިނާ ކުރުމުގެ ވާހަކައަށް އިޝާރާތް ކުރައްވާފައި ވާކަމަށެވެ. އަދި އެކަމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަމުގައި ވިދާޅުވިއެވެ.

"މިހާތަނަށް ތިން ހާހަށްވުރެ ގިނަ ފަރާތްތަކަށް އަޅުގަނޑުމެން ވާނީ ދިވެހި ޤައުމިއްޔަތުގެ ޢިލްމީ އަސްލުވަންތަކަމާ ބެހޭ ޢިލްމީ ހުށަހެޅުންތައް ފޯރުކޮށްދީފަ. އަދި އޭގެއިތުރަށް އަޅުގަނޑުމެންގެ މި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އިސްވަރުގެ މަސައްކަތްތަކާއި، ސެމިނަރުތަކުން ވާނީ އިތުރު ހޭލުންތެރިކަން ގެނެސްދީފަ"، މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން، މި އަހަރުގެ ސްޓްރެޖެޓިކް އެކްޝަން ޕްލޭންގައި ހިމެނައިގެން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ