Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އާދަމް ނަޞީރު

ރާއްޖެ އިސްލާމްވި ދުވަހަކީ މި ގައުމު ދުށް އެންމެ އިންގިލާބީ ދުވަސް: ވަޒީރު އާދަމް ނަސީރު

ރާއްޖެ އިސްލާމްވި ދުވަހަކީ މި ގައުމު ދުއް އެންމެ އިންގިލާބީ ދުވަސްކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ ތާރިހު ދުއް އެންމެ އިންގިލާބީ ބަދަލަކީ ދިވެހިރާއްޖެ އިސްލާމްވި ދުވަސްކަމުގައި ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ. އެގޮތުން، އެ ދުވަހަކީ ދިވެހީންގެ ރޫހާނީ ވެށި ބަދަލުކޮށްލި ދުވަހުގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. އަދި، ރާއްޖޭގެ ތާރީހަށް ބަލައިފިނަމަވެސް، ރާއްޖޭގެ އިލްމުވެރިކަމާއި، ލިޔެވިފައިވާ ފޮތްތެރިކަމެއް ފެންނަން އޮތީ ރާއްޖެ އިސްލާމްވުމަށްފަހުގައިކަމަށް ވަޒީރު މައުލޫމާތުދެއްވިއެވެ.

ވަޒީރު ވިދާޅުވީ، ތާރީހަށް ބަލައިލިނަމަވެސް، ދިވެހީންގެ ދިރިއުޅުމުގެ އެންމެ އުސް ކުރިބޯއްޓަކީ އިސްލާމްދީންކަން ހާމަވެގެންދާކަމަށެވެ. އަދި، ދިވެހީންގެ މުޙާވަރާގައި ދީން މާނަކުރާ އެކި ވަގުތުތައް، ދީނާ ގުޅުވާލާގޮތް ދިވެހީންގެ ބަސްކޮށާރުން ފެނިގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖެ އިސްލާމްވި ދުވަހަށްފަހު ދީނީ ކަންކަން ދިވެހީންގެ ދިރިއުޅުމާއި އާދަކާދައިގެ ތެރެއަށް ވަންނަން ފެށިކަމަށެވެ. އެގޮތުން ކޮންމެ ކަމެއް ކުރުމުގައިވެސް އެންމެ ހެޔޮގޮތަށް އެކަން ކުރެވޭތޯ ދިވެހީން ބަލަން ފެށިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ނަސީރުގެ ވާހަކަފުޅުގައި ދިވެހީންގެ ދިރިއުޅުމާއި އިސްލާމްދީނާއި ގުޅިފައިވާ މިންވަރަށް ތާރީހީ އެކި ކަންކަމުން މިސާލު ޖެއްސެވިއެވެ. އަދި ދިވެހީންގެ ދިރިއުޅުމުގެ އަސާސް ފެށިގެން އައީ އިސްލާމް ދީނުންކަމަށާއި، އިސްލާމް ކަމުގައި 900 އަހަރު ފުރެން ގާތްވުމަކީ ދިވެހީން ފަހުރުވެރިވާންޖެހޭ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ