ދިވެހިންގެ ޤައުމިއްޔަތު ދިރުވުމަށާއި ދިވެހިންގެ އަމިއްލަވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތްތަކަާއި ކޮށްދެއްވާ ކަންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ޝުކުރުއަދާކުރަށްވައިފިއެވެ.
ޤައިމީ ދުވަހުގެ ޙާއްސަ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ ދިވެހިންގެ ޒަމާންވީ ރަނގަޅު ސިފަތަކާއި ދިވެހިންގެ އަސްލުވަންތަކަމާއި ހުނަރުތައް އިޢާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަ ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސްއަށް ވަޒީރު ޝުކުރުއަދާކުރެއްވިއެވެ.
"އަޅުގަނޑު ގާތު މީހަކު ދެންނެވި އަޅުގަނޑުމެން މިތިބީ ޤައުމިއްޔަތަށާއި ދިވެހިން އަސްލުވަންތަކަން އަލުން އިޢާދަކުރައްވާނެ ރައީސެއްގެ އިންތިޒާރުގައޭ. ރައީސް މުޢިއްޒަކީ އެފަދަ ބޭފުޅެއް."ވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް
އަދި ދިވެހިންގެ އަސްލުވަންތަކަމާއި ހުނަރުވެރިކަން އިޢާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދު ދިވެހި ޤައުމިއްޔަތުގެ އިސްވަރު އިފްތިތާހު ކުރައްވަފާއިވާއިރު، މުސްތަޤްބަލުގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު ވާނީ ޤާނޫނުން ބާރުލިބިދޭ ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖަކަށްކަމަށް ސަރުކާރުން ބުނެއެވެ.
ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.