Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގްރީން ޓެކްސް

ގްރީން ޓެކުހުން ލިބުނު އާމްދަނީ ދެގުނަ އިތުރުވެއްޖެ

ގްރީން ޓެކުހުން ދައުލަތަށް ލިބުނު އާމްދަނީ ދެގުނައަށް އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޖެނުއަރީ މަހުން ފެށިގެން މޭ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގާ ދައުލަތަށް ލިބިފައި ވަނީ 400 މިލިއަން ރުފިޔާ އެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައި ވަނީ 233 މިލިއަން ރުފިޔާ އެވެ.

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީ އިތުރުވެފައިވާއިރު، މިއަހަރު ފެށުނު ހިސާބުން ސަރުކާރުން ވަނީ އެ ޓެކްސް ބޮޑުކޮށްފަ އެވެ. މި ބަދަލާ އެކު ސަރުކާރުން ވަނީ ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް މީގެ ކުރިން ނަގަމުން އައި ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނަގަން ފަށައި، 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ނަގާ ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގަން ފަށާފަ އެވެ.

ސަރުކާރުގެ އަމާޒަކީ ޓެކުހަށް ގެނައި އެ ބަދަލާ އެކު މި އަހަރު ގްރީން ޓެކްސް އިން ޖުމްލަ 964 މިލިއަން ރުފިޔާ ހޯދުމެވެ.

މިހާރު %16 ނަގަމުން އަންނަ ޓީޖީއެސްޓީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން %17 އަށް ބޮޑު ކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މި ބަދަލާއެކު މި އަހަރު މި ޓެކުހުން ލިބޭ އާމްދަނީ 201.9 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ.

މި ލިއުމާއި ގުޅޭ