ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ފާއިތުވި 2024 ވަނަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 2023 ވަނަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއަށްވުރެ އަށް ޕަސެންޓް އިތުރުވެފައިވެއެވެ.
ގްރީން ޓެކްސްގެ ގޮތުގައި 2023 ވަނަ އަހަރު ދައުލަތަށް 65.1 މިލިއަން ޑޮލަރު (999 މިލިއަން ރުފިޔާ) ލިބިފައިވެއެވެ.
ގްރީން ޓެކްސް ނަގާ ރޭޓް މިއަހަރުން ފެށިގެން ވަނީ ބޮޑު ކޮށްފައެވެ.
މިހާރު މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީ ކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެ ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން ދިޔަ ތިން ޑޮލަރުގެ ބަދަލުގައި މިހާރު ނަގަނީ ހަ ޑޮލަރެވެ.