ސްޓެލްކޯއިން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، މި މަސައްކަތަކީ ހިޔާ ޓަވަރުތަކުގައި ކުރަން ޖެހިފައިވާ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ (13 އެޕްރީލް 2025) ހެނދުނު 9:00 އިން ހަވީރު 5:00 އާ ދެމެދުގެ ވަގުތެއްގައެވެ.
ސްޓެލްކޯއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކި ދުވަސްތަކަށް އެކި ޓަވަރުތަކައް ބަހާލެވިގެންނެވެ.
އަދި މިއީ ހިޔާ ޓަވަރުތަކުގެ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށާއި މި މަސައްކަތަކީ ވީހާވެސް ކުޑަ ދަތިކަމެއް ރައްޔިތުންނަށް ކުރިމަތިވާނެ ގޮތަކަށް ރޭވިގެން ކުރިއަށްދާ މަސައްކަތެއްކަން ވެސް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.