Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާދަމާ މާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަދާހަމަ ކުރުމުގެ މަސައްކަތް މާދަމާގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވުމާއެކު މާދަމާގައި ގަލޮޅު ލޮނުޒިޔާރަތް މަގު ހިމެނޭ ސަރަހައްދާއި މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ ގަލޮޅު ލޮނުޒިޔާރަތްމަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑޭނެ ކަމަށް ލަފާކުރަނީ މާދަމާގެ 10:00 އިން 11:00 އާ ދެމެދު ކަމަށެވެ. އަދި މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑޭނެ ކަމަށް ލަފާކުރަނީ މާދަމާގެ 14:00 އިން 16:00 އަށް ކަމަށް ވެސް ބުންޏެވެ.

އެ ވަގުތުތަކުގައި އެ ސަރަހައްދުތަކުން ކަރަންޓު ކެނޑުމުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް ވެސް ބުނެފައިވެއެވެ.

ކަރަންޓުގެ ވިއުގަ އަދާހަމަ ކުރުމަށް ކުރާ މަސައްކަތަށް ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް މެދު ކަނޑާލައެވެ. އެކަމަކު ކަރަންޓު ކަނޑާލަނީ ދުރާލާ އެންގުމަށް ފަހުގައެވެ.
މި ލިއުމާއި ގުޅޭ