އައުޓްރީޗް ޕްރޮގްރާމްގެ ދަށުން އޮޕަރޭޝަން ބަލިތަކަށް ހާއްސަ އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމެއް ގދ ތިނަދޫ ޑރ. އަބުދު ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބަލާގޮތަށް ހަމަޖެހިއްޖެއެވެ.
ހެލްތު މިނިސްޓްރީ އިން ބުނީ މި ކޭމްޕު ކުރިއަށް ގެންދާނީ މިމަހުގެ 24 އިން 26 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޭމްޕްގައި ރާއްޖޭގައި ތިއްބެވި މިދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރުން ގެ ޓީމެއް ބައިވެރިވާނެ އެވެ. މި ޓީމްގައި ޖުމުލަ 8 ޑޮކްޓަރުން ހިމެނެއެވެ.
މި ކޭމްޕުގައި ބައިވެރިވާ ޑޮކްޓަރުން:
- ގޮހޮރުގެ އަދި ބެރިއަޓްރިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ އާއިޝަތު އަޒުނާ
- އާއްމު އަދި ލެޕްރސްކޯޕިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ، އަބުދުﷲ ޢުބައިދު
- ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން އަދި އެޑްވާންސް ވޫންޑް ކެއަރ ގެ ޚާއްޞަ ޑޮކްޓަރ މުހައްމަދު ވަހީދު
- އާއްމު އޮޕަރޭޝަން އަދި އެޑްވާންސް ވޫންޑް ކެއަރ އަށް ޚާއްޞަ ޑޮކްޓަރ އިބްރާހީމް އާދިލް
- ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރ، މުހައްމަދު ޝިފާން
- ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތަކުގެ ޚާއްޞަ ޑޮކްޓަރު އަލީ
- ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކުގެ ޚާޞަ ޑޮކްޓަރ އަބުދުﷲ އަދްޡަރު
- ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކުގެ ޚާއްޞަ ޑޮކްޓަރ އަސްއަދު މުހައްމަދު ޝަހީދު
މި ޓީމުން އޯޕީޑީގައި ބަލިމީހުން ބަލައި ފަރުވާކުރުމާއި ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީން ދިނުމުގެ އިތުރުން އެކި އޮޕަރޭޝަންތައް ކުރުން ހިމެނޭ ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ. އަދި މި ކޭމްޕުގައި ބައިވެރިވާ ޑޮކްޓަރުންނަށް ދެއްކުމަށް މިހާރު ވަނީ އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.