Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިމިގްރޭޝަން

އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލުގެނެސްފި

މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލުގެނެސްފިއެވެ.

އިމިގްރޭޝަނުން ހާމަކުރިގޮތުގައި އެ އިދާރާގެ ރަސްމީ މަސައްކަތު ގަޑި މިހާރު ވަނީ ސިވިލް ސަރވިސްގެ ރަސްމީ މަސައްކަތު ގަޑިއާއި އެއްގޮތަށް ބަދަލުކޮށްފައެވެ.
އެގޮތުން މިއަދުން ފެށިގެން އެ އިދާރާގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 އިން ފެށިގެން މެންދުރު ފަހު 2:00 އާއި ހަމައަށެވެ.
މީގެ ކުރިން އިމިގްރޭޝަންގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާއި ހަމައަށެވެ.
އެހެންވެ މިހާރު ގެނެސްފައިވާ ބަދަލާއެކު އިމިގްރޭޝަންގެ ރަސްމީ މަސައްކަތުގެ ގަޑި އަށް ގަޑިއިރުން ހަ ގަޑިއިރަށް ވަނީ ކުޑަވެފައެވެ.

އިމިގްރޭޝަނުން ބުނީ އެ އިދާރާގެ ރަސްމީ ގަޑިއަށް ބަދަލު ގެނައި ނަމަވެސް މިހާރު ޚިދުމަތް ދެމުން އަންނަ ގަޑިތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އެގޮތުން ޕާސްޕޯޓު ހައްދަން ހުށަހެޅުމާއި ދޫކުރުމާއި، އަދި މި ނޫންވެސް އިމިގްރޭޝަނުން ދޭ ޚިދުމަތްތައް މިހާރަކޭ އެއްގޮތަށް ދެމުންދާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ