ކަރަންޓުގެ މަސައްކަތެއް ކުރާތީ މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ކަރަންޓު ވިއުގާ އަދާހަމަ ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވުމާއެކު މާދަމާ ފާޝަނާކިލެގެފާނު މަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދު ކެނޑިދާނެ ކަމަށެވެ.
ކަރަންޓު ކެނޑުން އެކަށީގެންވަނީ މާދަމާގެ 14:00 އާއި 16:00 އާ ދެމެދު ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މި މަސައްކަތަކީ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.