Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިމިގްރޭޝަން

ގަވާއިދާ ޚިލާފަށް ކެފޭއެއްގައި މަސައްކަތް ކުރި 11 ބިދޭސީއަކު އަތުލައިގެންފި

މާލޭގެ ކެފޭއެއްގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 11 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ބިދޭސީން ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަންގެ ޓާސްކް ފޯސްއިން އިއްޔެ ރޭ ހިންގި ރެއިޑް އޮޕަރޭޝަނެއްގައެވެ.

އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ހިންގަމުންދިއަ މި ކެފޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 11 ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި.
އިމިގްރޭޝަނުން ބުނި ގޮތުގައި، މި އޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން އޮޕަރޭޝަނެކެވެ.
އެ އިދާރާއިން ފާހަގަކުރި ގޮތުގައި، ހައްޔަރުކުރި ބިދޭސީން މަސައްކަތްކުރަމުން ދިޔަ ކެފޭ ހިންގަމުން ގެންގޮސްފައިވަނީ އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން އަންނަނީ ގިނަ އަދަދެއްގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ. މި އޮޕަރޭޝަންތަކުގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީންނާއި, ޓޫރިސްޓް ވިސާގައި އެތެރެވެ ގަވާއިދާ ޚިލާފަށް އުޅެމުންދާ މީހުންގެ އިތުރުން ހަށި ވިއްކުމުގެ ނެޓްވޯކުތައް އަތުލައިގަނެ ގިނަ އަދަދެއްގެ މީހުން ވަނީ ރާއްޖެއިން ޑީޕޯޓު ކޮށްލާފައެވެ.

މި ލިއުމާއި ގުޅޭ