Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

ގެއްލުމުން އަރައިގަނެ މިދިޔަ އަހަރު ސްޓެލްކޯއަށް 138 މިލިއަން ރުފިޔާގެ ފައިދާ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް 2023 ވަނަ އަހަރު 172 މިލިއަން ރުފިޔާގެ ގެއްލުން ވުމަށްފަހު، މިދިޔަ އަހަރު 138 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެކްސް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ހާމަކުރެއްވި ގޮތުގައި މިއީ މިދިޔަ ހަ އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ލިބުނު އެންމެ ބޮޑު ފައިދާއެވެ. އޭގެ ކުރިން، 2018 އިން 2022 އަށް ކުންފުނިން ވަނީ އެވްރެޖްކޮށް 111 މިލިއަން ރުފިޔާގެ ފައިދާ ހޯދާފައެވެ.
ފަހުމީ ހާމަކުރެއްވި ތަފާސް ހިސާބުތަކަށް ބަލާއިރު، 2018 ވަނަ އަހަރު 105 މިލިއަން ރުފިޔާ، 2019 ގައި 109 މިލިއަން ރުފިޔާ، 2020 ގައި 130 މިލިއަން ރުފިޔާ، 2021 ގައި 105 މިލިއަން ރުފިޔާ އަދި 2022 ވަނަ އަހަރު 107 މިލިއަން ރުފިޔާގެ ފައިދާ ވަނީ ލިބިފައެވެ.
ފަހުމީ ވިދާޅުވި ގޮތުގައި ކުންފުނިން މިފަދަ ބޮޑު ފައިދާއެއް ހޯދަން މަގުފަހިވީ ވަސީލަތްތައް ހަރުދަނާ ގޮތުގައި ބޭނުންކުރުމާއި، އިސްރާފު ކުޑަކުރުމާއި އަދި ހިންގުމުގެ ނިޒާމު ހަރުދަނާ ކުރެވުނު ކަމުގެ ސަބަބުންނެވެ.

2023 ވަނަ އަހަރު ލިބުނު ބޮޑު ގެއްލުމަށްފަހު، މިދިޔަ އަހަރު ކުންފުނިން މިފަދަ ބޮޑު ފައިދާއެއް ހޯދުމަކީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަމުގެ ހެއްކެއް ކަމުގައި ބެލެވެއެވެ.

މި ލިއުމާއި ގުޅޭ