Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ

60 އިންސައްތަ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ޓައުންޝިޕެއް ނ. އަތޮޅަށް

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ނ. އަތޮޅުގައި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ބޯޑް އޮފް އިންވެސްޓްމަންޓުން ދީފިއެވެ.

އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، "ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއު ތަރައްގީކުރާނީ ނ. އަތޮޅުގެ ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫގައެވެ. މި މަޝްރޫއުގެ ދަށުން މަތީ ފަންތީގެ ގެދޮރުވެރިކަމުގެ މަޝްރޫއުތަކާއި، ދުނިޔޭގެ ފެންވަރުގެ ސިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްގީކުރާނެއެވެ.

މި މަޝްރޫއުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ތަރައްގީކުރެވޭ ޓައުންޝިޕަކަށް ވުމެވެ. މި ގޮތުން މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ސަރަހައްދުގައި މަދުވެގެން 60 އިންސައްތަ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އަދި މީގެ އިތުރުން، ޒަމާނީ ދަނޑުވެރިކަމާއި އެކުއަކަލްޗަރގެ ތެރެއިން ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރެވޭނެ ކަމަށްވެސް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

ބޯޑް އޮފް އިންވެސްޓްމަންޓުން ދީފައިވާ ހުއްދައިގެ ދަށުން، ކްރިސްޓަލް ހޯލްޑިންގްސްއިން 180 ދުވަހުގެ ތެރޭގައި ފީސިބިލިޓީ އެސެސްމަންޓަކާއި އިންފްރާސްޓްރަކްޗަރ މާސްޓަރ ޕްލޭނާއި އިންޖިނިއަރިން އަދި ތިމާވެށީގެ ތަހުލީލުތަކާއި ތަފްސީލީ ވިޔަފާރީ ޕްލޭން ހުށަހަޅަންޖެހޭނެއެވެ.

މި މަޝްރޫއު ކުރިއަށް ގެންދެވޭނީ ހުރިހާ ޕްލޭންތަކެއް ބޯޑް އޮފް އިންވެސްޓްމަންޓަށް ހުށަހެޅުމަށްފަހު، އެ ބޯޑުން އެ ޕްލޭންތައް ފާސްކޮށް މަޝްރޫއު ހަވާލުކުރުމުންނެވެ.

މި ލިއުމާއި ގުޅޭ