Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު

މަންދީ ގަޔަށް ކަޅުތެޔޮ ޖެހުން ސާޖިދާ ކުށްވެރި ކުރައްވައިފި

އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އާ މަގުމަތިން ދިމާކޮށް, އޭނާ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ކުށްވެރިކުރައްވައި, އިންސާފު ގާއިމް ކުރުމަށް ފުރުސަތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިލްތިމާސްކުރައްވައިފިއެވެ.

އެމްޑީޕީގެ މުޒާހަރާ ނިންމާލައި މަންދީ ގެޔަށް ދިޔަ މަގުމަތީގައި ހެލްމެޓް އަޅައިގެން ސައިކަލުގައި ދިޔަ ބަޔަކު އޭނާ އަށް ފާރަލަމުން އައިސް ވަނީ އޭނާގެ ގަޔަށް ކަޅުތެޔޮ ޖަހާފައެވެ.

އެކަން ކުށްވެރި ކުރައްވައި ސާޖިދާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެފަދަ ހަމަލާތަކާއި ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށާއި, މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަަމަށެވެ.

އެއްވެސް މީހަކަށް ހަމަލަދީ އުނދަގޫ ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަން ފާހަގަ ކުރައްވައި އެކަމަނާ ވަނީ މިވަގުތު ކަންކަން ހަލަބޮލި ނުކޮށް، އިންސާފު ގާއިމް ކުރަން ޖާގަ ދިނުމަށް އިލްތިމާސްކުރައްވާފައެވެ.

މަންދީގެ ގަޔަށް ކަޅުތެޔޮ ޖަހާފައި މިވަނީ އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް އޭނާ ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާއާ ދެކޮޅަށް ދައުވާ ކުރުމަށް އެމަނިކުފާނުގެ އާއިލާއިން ނިންމަވާފައިވަނިކޮށެވެ.

މި ސަރުކާރުން ޒުވާނުންނަށް "ބިޑި އޮޅަން" ޖެއްސީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުންކުރަން ފެށުމުން ކަމަށް މީކާއީލް ނަސީމްގެ މަންމަ މަންދީ ވަނީ ބުނެފައެވެ.

އެ ވާހަކަތަކާ ގުޅިގެން މަރިޔަމް ޒުބެއިރު (މަންދީ) އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލުގެ އިތުރުން އެމްޑީޕީގެ މައްޗަށް ދައުވާ އުފުލަން ވަނީ ނިންމާފައެވެ.

މި ލިއުމާއި ގުޅޭ