Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ

ކުޅުދުއްފުށީގައި ޓިވެޓް ސެންޓަރެއް، ދުވާފަރުގައި ދަނާލެއް ތަރައްގީކުރަން ހަވާލުކޮށްފި

ޒަމާނީ ވަސީލަތްތަކާއެކު ކުޅުދުއްފުށި ސިޓީގައި އައު ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރު (ޓިވެޓް ސެންޓަރު)އެއް އިމާރާތްކުރުމުގެ މަސައްކަތާއި، ރ. ދުވާފަރުގައި ދަރިވަރުންނަށް ޚާއްޞަ ދަނާލެއް އެޅުމުގެ މަސައްކަތްކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފިއެވެ.

އެ މިނިސްޓްރީން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކުޅުދުއްފުށީގައި ޓިވެޓް ސެންޓަރަކާއެކު ދަނާލެއް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝް (އާރްޑީސީ)އާއެވެ. ދުވާފަރުގައި ދަނާލެއް ގާއިމުކުރުމުގެ މަސައްކަތް ހާވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށްގެންދާ މަޝްރޫޢުގެ ތެރެއިން ޙަވާލުކުރެވުނު ދެ މަޝްރޫއެވެ.

މިނިސްޓްރީން މަޢުލޫމާތުދިންގޮތުގައި ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ އިންސްޓިޓިއުޓްގެ އިމާރާތް އެޅުމަށް ކަނޑައަޅާފައިވަނީ 35،777.88 އަކަފޫޓުގެ ބިމެކެވެ. މި އިންސްޓިޓިއުޓްގެ ވަސީލަތްތަކުގެ ތެރޭގައި ގިނަ ބޭނުންތަކަށް އަމާޒުކުރެވިފައިވާ ވޯކްޝޮޕަކާއި، 7 ކްލާސްރޫމާއި، އައިސީޓީ ލެބޯޓަރީއެއް ހިމެނެއެވެ.

މީގެ އިތުރުން، އިދާރީ މަސައްކަތްތަކަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދަކާއި، މުވައްޒަފުންގެ ރޫމަކާއި، ދަރިވަރުންނަށް ޚިދުމަތް ދިނުމަށް ވަކި ސަރަޙައްދެއް ހިމެނޭނެއެވެ. އަދި އޮޑިޓޯރިއަމެއް، ބައްދަލުވުންތަކަށް ޚާއްޞަ ކޮޓަރިތަކެއް، ކިޔެވުމަށް ޚާއްޞަ ކޮޓަރިތަކަކާއި، ލައިބްރަރީއެއްވެސް މި އިމާރާތުގައި ހިމެނޭނެއެވެ.

އަދި ދަރިވަރުންނަށް އެރަށުގައި ފަސޭހަކަމާއެކު ގާއިމުވެ ތިބެވޭނޭ ދަނާލެއްވެސް ކުޅުދުއްފުށިގައި ގާއިމްކުރަން ހަމަޖެހިފައިވާއިރު އެތަނުގައި ޝެއަރިންގ 32 ރޫމް ހުންނާނެކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އަދި ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކިޗަން އަދި ޑައިނިންގ އޭރިއާއަކާއި، ލޯންޑަރީ ފަދަ ޚިދުމަތްތަކުގެ އިތުރުން ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ އޭރިއާއަކާއެކު ޖިމެއްވެސް މިތަނުގައި ހުންނާނެކަމަށާއި ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓް ފަދަ ކަންކަން ހިމެނިފައިވާނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ދުވާފަރުގައި ތަމްރީނު ދިނުމުގެ ސަރަހައްދަކާއި ދަރިވަރުން ތިބުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި 15،000 އަކަފޫޓުގެ ސަރަހައްދެއް ކަނޑައެޅިފައިވެއެވެ. މި ތަނުގައި ޝެއަރިންގ 31 ރޫމް ހުންނާނެއެވެ. އަދި ދަރިވަރުންނަށް ކެއުމުގެ އިންތިޒާމު ހަމަޖެއްސުމަށް ބަދިގެއަކާއި ކެއުން ހޯލެއްގެ އިތުރުން، ދޮވެ އިސްތިރިކުރުމުގެ ޚިދުމަތްތަކާއި، ދަރިވަރުންގެ ހަށިހެޔޮކަން ދެމެހެއްޓުމަށް އެކިއެކި ކުޅިވަރު ކުޅެވޭނެ ގޮތް ހަމަޖެހިފައިވާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ.

މި ލިއުމާއި ގުޅޭ