ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އެ އިދާރާގެ އޮފީސް އިމާރާތެއް ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް އަލުން އިއުލާނުކޮށްފިއެވެ.
އެންސްޕާއިން ބުނިގޮތުގައި އަލުން އިއުލާނުކޮށްފައި މިވަނީ ކުރިން ކުރި އިޢުލާނަށް އެކަށީގެންވާ ތަރުހީބު ނުލިބުމާ ގުޅިގެންނެވެ.
އެންސްޕާގެ އިއުލާނުގައިވާގޮތުން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުސޫލުންނެވެ. ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް
ބަނޑޭރި ޕޭ މެދުވެރިކޮށެވެ.
މީގެއިތުރުން ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 252,000 ރުފިޔާ ހުށަހަޅަންޖެހޭނެކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ބީލަން ޕޯޓަލް މެދުވެރިކޮށެވެ. ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ 10 މާރިޗު 2025 ވާ ހޯމަ ދުވަހުގެ 11:00 އެވެ.
ބިޑު ހުޅުވުން އޮންނާނީ 11 މާރިޗު 2025 ވާ އަންގާރަ ދުވަހުގެ 11:00 ގައެވެ. ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބީލަން ޕޯޓަލްގައި ރަޖިސްޓަރީ ވުމަށް މަދުވެގެން އެކަން ދުވަސް ކުރިން އެކަން ފުރިހަމަކުރަންޖެހޭނެ ކަމަށް އެންސްޕާއިން ފާހަގަކޮށްފައިވެއެވެ.