ޑިސްޓްރިބިއުޝަން ކޭބަލް އަކަށް ގެއްލުންވެ މާލޭގެ ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެއެވެ.
މިކަމާއި ގުޅިގެން ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނީ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ވިއުގައިގައި ހިމެނޭ ލޯ-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެ މާލޭގެ ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
ކަރަންޓު ކެނޑިފައިވަނީ:
- އަލިކިލެގެފާނު މަގު
- ފާށަނާކިލޭގެ މަގު
- މަޖީދީމަގު
- އަނޯނާ ގޯޅި ހިމެނޭ ސަރަަހައްދު
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ ސަރަހައްދަށް ވީއެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށެވެ.