ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މުއާޒް ހަލީމް އައްޔަން ކޮށްފިއެވެ.
ޕީއެންސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މުއާޒް ހަލީމް އައްޔަންވުމާއި ގުޅިގެން އޭނާއަށް މަރުޚަބާ ދަންނަވާފައެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މީގެކުރިން ހުންނެވީ ޒީނާޒް އަދުނާންއެވެ. އޭނާ މި މަޤާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގައެވެ.