Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޝަހީމް

ހައްޖު އެގްރީމެންޓްގައި ސޮއި ކުރެއްވުމަށް މިނިސްޓަރ ސައުދީއަށް

ރަސްމީ ދަތުރުފުޅެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މިނިސްޓަރު ޑރ. ޝަހީމް ސަޢޫދީ އަރަބިއްޔާއަށް ވަޑައިގެންނެވީ އެ ޤައުމުގެ ޙައްޖު އަދި އުމްރާ ކަންތައްތަކާބެހޭ މިނިސްޓަރު ޑރ. ތައުފީޤު ރަބީޢާގެ ޚާއްޞަ ދަޢުވަތަކަށެވެ.

މި ދަތުރުފުޅުގައި ޑރ. ޝަހީމް، މިނިސްޓަރު ޑރ. ތައުފީޤާއި ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ކޮންމެ އަހަރަކު ވެވޭ ޙައްޖު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.


އިސްލާމިކް މިނިސްޓްރީން ބުނީ މި ދަތުރުފުޅުގެ ތެރޭގައި 1446 ވަނަ އަހަރު ޙައްޖު މިނިސްޓްރީއިން ބާއްވާ ޙައްޖު މައުރަޒުގައި ވެސް މިނިސްޓަރު ޝަހީމް ބައިވެރިވެ ވަޑައިގަންނަވާނެކަމަށެވެ.

އެ މިނިސްޓްރީން އިތުރަށް ފާހަގަކުރި ގޮތުގައި، ޙައްޖުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އިސްލާމީ ޤައުމުތަކާ ގުޅިގެން ސަޢޫދީ ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ދަތުރުފުޅަކީ މި މަސައްކަތުގެ ތެރެއިން ކުރެވޭ މުހިންމު ދަތުރުފުޅެކެވެ.

މި ލިއުމާއި ގުޅޭ