Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީއެންސީ

އަމިއްލަ ގޮތުން ހޮވުނު 6 މެންބަރަކު ސޮއިކުރުމުން ޕީއެންސީއަށް 72 ގޮނޑި!

މި މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި ހަ ބޭފުޅަކު ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

އެ ހަ ބޭފުޅުން ޕީއެންސީއަށް ސޮއިކުރެއްވި ބައްދަލުވުމުގައި ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ކެބިނެޓް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީއެންސީއަށް ސޮއި ކުރެއްވީ:

  • ހުރާ ދާއިރާގެ އިންތިހާބީ މެންބަރު ޑރ. އަނާރާ ނައީމް
  • މަތިވެރި ދާއިރާގެ އިންތިހާބީ މެންބަރު ހަސަން ޒަރީރު
  • މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ޒަމީރު
  • ތިމަރަފުށި ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ރިޔާޒް
  • ނައިފަރު ދާއިރާގެ އިންތިހާބީ މެންބަރު ޔާސީން އަބްދުﷲ
  • ވިލިނގިލި ދާއިރާގެ އިންތިހާބީ މެންބަރު އާޒިމް އަބްދުލް އަޒީޒް

މި ހަ ބޭފުޅުންގެ ތެރެއިން ނައިފަރު ދާއިރާ އަދި ވިލިނގިލީ ދާއިރާއިން ހޮވިވަޑައިގެންނެވި ދެ ބޭފުޅުން ފިޔަވާ ދެން ތިއްބެވި ބޭފުޅުންނަކީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ނަމަވެސް ސަރުކާރުގެ ތާއީދާ އެކު ނުކުންނެވި މެންބަރުންނެވެ.

މި ލިއުމާއި ގުޅޭ