Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ނުރަސްމީ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރޭ ރާއްޖެ ވަޑައިގެންފިއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންފައިވާއިރު، ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވިފަހުން ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު ވަނީ ތުރުކީ، ޔޫއޭއީ އަދި ޗައިނާއަށް ވަޑައިގެންފަ އެވެ.
ރޯދައިގެ ކުރިން އެމަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރަށްރަށަށް ވަޑައިގެން އެރަށްތަކުގެ ރަށްޔިތުންނާއި ކައުންސިލްތަކާއި ބައްދަލުކުރައްވާފައެވެ. އެގޮތުން އެދަތުރުފުޅުތަކުގައި 150 އަށްވުރެ ގިނަ ކައުންސިލްތަކާ އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނަށް މާލޭގައި ދޮރުން ދޮރަށް ހިންގަވާފައެވެ.

މި ލިއުމާއި ގުޅޭ