އެ ދެ ކަނބަލުން ސިންގަޕޫރަށް ފުރާ ވަޑައިގެންނެވީ ރޭގެ ވަގުތެެއްގައެވެ. އެހެން ނަމަވެސް މި ދަތުރުފުޅާ ގުޅޭގޮތުން ރައީސް އޮފީހުން އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންފައިވާއިރު، ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވިފަހުން ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު ވަނީ ތުރުކީ، ޔޫއޭއީ އަދި ޗައިނާއަށް ވަޑައިގެންފަ އެވެ.
ރޯދައިގެ ކުރިން އެމަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރަށްރަށަށް ވަޑައިގެން އެރަށްތަކުގެ ރަށްޔިތުންނާއި ކައުންސިލްތަކާއި ބައްދަލުކުރައްވާފައެވެ. އެގޮތުން އެދަތުރުފުޅުތަކުގައި 150 އަށްވުރެ ގިނަ ކައުންސިލްތަކާ އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.