Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ޓިކްޓޮކް މަނާކޮށްފާނެތީ ކުދި ވިޔަފާރިވެރިން ތިބީ ހާސްކަމެއްގެ ތެރޭގައި: ރިޕޯޓް

ޑޭޓާ ސެކިއުރިޓީ އާއި ގައުމީ ސަލާމަތާ ގުޅޭ ނުރައްކާތަކާ ގުޅޭ ކަންބޮޑުވުންތައް ބައިނަލް އަޤުވާމީ ފެންވަރުގައި އިތުރުވަމުންދާއިރު، ކުދި ވިޔަފާރިވެރިން ދަނީ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް މަނާކުރުމާ ދެކޮޅަށް ޚިޔާލުފާޅުކޮށް ވާހަކަ ދައްކަމުންނެވެ. އެޕްގެ މުސްތަގުބަލާ ބެހޭ މަޝްވަރާތައް ދުނިޔޭގެ ފެންވަރުގައި ގަދަވަމުންދާއިރު، ޚާއްޞަކޮށް އެމެރިކާ އާއި އިނގިރޭސި ވިލާތް ފަދަ ހުޅަނގުގެ ނޫފުޒުގަދަ ބޮޑެތި އިޤްތިޞާދުތައް ހިއްސާކުރާ މި ވިޔަފާރިވެރިން ބުނަނީ ޓިކްޓޮކް މަނާކުރުމުން ވިޔަފާރިތަކަށް ގެއްލުންހުރި ނަތީޖާތަކެއް ކުރިމަތިވެ، ކަސްޓަމަރުންނާ ފައިދާހުރި ގޮތެއްގައި ގުޅުމުގެ ގާބިލްކަން ހަނިވާނެ ކަމަށެވެ.
ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސްގެ ޓިކްޓޮކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާއްސަކޮށް ޒުވާން ޑިމޮގްރަފިކްސްގެ މެދުގައި އިންތިހާއަށް މަގުބޫލުކަން ލިބިފައިވެ އެވެ. މި އެޕްގެ ސަބަބުން ކުރު ވީޑިއޯތައް އުފައްދައި ހިއްސާކޮށް، އެމީހުންގެ ހުނަރާއި އުފެއްދުންތެރިކަމާއި ވިޔަފާރިތައް ދައްކާލެވޭނެ އެވެ. އެއީ ކުދި ވިޔަފާރިތަކަށް ވަރުގަދަ މާކެޓިން ޓޫލަކަށް ވެގެން ގޮސް، ފުޅާ ދާއިރާއެއްގައި ވާސިލްވެ، ޕޮޓެންޝަލް ކަސްޓަމަރުންނާ ތަފާތު ގޮތްގޮތަށް ގުޅިގެން މަސައްކަތް ކުރެވޭނެ ވަސީލަތެކެވެ.
އެމެރިކާ ހިމެނޭ ގޮތަށް އެކި ސަރުކާރުތަކުން ޑޭޓާ ޕްރައިވެސީ އާއި ސެކިއުރިޓީއާ ގުޅޭ ކަންބޮޑުވުންތައް ފާޅުކޮށްފައިވާއިރު، ކުދި ވިޔަފާރިވެރިން ބުނާ ގޮތުގައި ޓިކްޓޮކް ބްލެންކެޓް މަނާކުރުމަކީ ޑިޖިޓަލް މާކެޓެއްގައި ކުރިއަރައި ދިއުމުގެ ގާބިލްކަމަށް ނިސްބަތުން ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށެވެ.
ނިއުޔޯކް ސިޓީގައި ހުންނަ ބޫޓިކް ހެދުން ވިއްކާ ފިހާރައެއްގެ ވެރިޔާ ޖޯން ތޮމްޕްސަން ވަނީ އޭނާގެ ވިޔަފާރިއަށް ޓިކްޓޮކްގެ މުހިންމުކަން ފާހަގަކޮށްފަ އެވެ. "އަހަރެންގެ ބްރޭންޑް ޕްރޮމޯޓްކޮށް، އަހަރެންގެ ފިހާރައަށް ޓްރެފިކް ގެންދިއުމުގައި ޓިކްޓޮކްގެ ދައުރު ވަރަށް ބޮޑު، މަނާކުރުމުގެ މާނައަކީ އަހަރެންގެ ޓާގެޓް އޮޑިއެންސްއާ ގުޅޭނެ އަގުހުރި ޕްލެޓްފޯމެއް ގެއްލި، އަހަރެންގެ ވިޔަފާރިއަށް ގެއްލުން ލިބިދާނެ ކަމެއް." އޭނާ ބުންޏެވެ.
ތޮމްޕްސަން ފާޅުކުރެއްވި ޝުއޫރުތައް ނިސްބަތްވަނީ ކަސްޓަމަރ ބޭސް ފުޅާކުރުމަށް ޓިކްޓޮކްގެ ރީޗާއި އެލްގޮރިޒަމްތަކަށް ބަރޯސާވާ އެތައް ކުދި ވިޔަފާރިވެރިންނެވެ. އެމީހުން ބުނާ ގޮތުގައި ވިއޭބަލް އަލްޓަނޭޓިވްސް ފޯރުކޮށް ނުދީ އެޕް މަނާ ކުރުމަކީ މާކެޓިން ބަޖެޓް ފުޅާ ވާދަވެރިންނާ އަޅާބަލާއިރު ބޮޑު ގެއްލުމަކަށް ވާނެ ކަމެކެވެ.
މީގެ އިތުރުން ކުދި ވިޔަފާރިތަކުން ބުނަނީ ޓިކްޓޮކްގެ ސަބަބުން ޑޭޓާ ބްރީޗް ނުވަތަ ސެކިއުރިޓީގެ މާބޮޑު މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ. އެމީހުން އަލިއަޅުވާލަނީ ޑޭޓާ ސެކިއުރިޓީއާ ގުޅޭ ކަންބޮޑުވުންތައް މުހިންމު ނަމަވެސް، އެ އެޕް ސީދާ މަނާކުރުމަކީ ކުދި ވިޔަފާރިވެރިންގެ ރޫހަށް ނިސްބަތުން ބޮޑު އުނިކަމެއް އަންނާނެ ކަމެއްކަމަށެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ކުދި ވިޔަފާރިތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ވަނީ އެމީހުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ލޮބީ ކުރުމުގެ މަސައްކަތްތައް ފަށާފައެވެ. މި ގްރޫޕްތަކުން ބާރުއަޅަނީ އިނޮވޭޝަން އާއި އިގްތިސާދީ ކުރިއެރުން ހުއްޓުމަކަށް ނާންނަ ގޮތަށް ޑޭޓާ ސެކިއުރިޓީ ކަށަވަރުކޮށްދޭ ބެލެންސްޑް އެޕްރޯޗެއް ގާއިމް ކުރުމުގެ ބޭނުންތެރިކަމަށެވެ.
ޓިކްޓޮކް މަނާވެދާނެތީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ރެގިއުލޭޓް ކުރުމުގައި ސަރުކާރުގެ ދައުރާ މެދު ވެސް ވަނީ ބަހުސްތަކެއް އުފެދިފަ އެވެ. ފާޑުކިޔުންތެރިން ބުނާ ގޮތުގައި ސީދާ މަނާކުރުމުގެ ބަދަލުގައި މާ ފުރިހަމަ އަދި ނިއުއަންސްޑް ގޮތެއް ގެންގުޅެން ޖެހެ އެވެ. މި އުސޫލުގައި ޑޭޓާ ޕްރޮޓެކްޝަން ގަވާއިދުތައް ހަރުކަށިކޮށް، ޕްލެޓްފޯމްތަކުން ހާމަކަން ބޮޑުކޮށް، ވިޔަފާރީގެ ކުރިއެރުން ހުއްޓުމަކަށް ނުޖެހި ސަލާމަތީ ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުތަކާއި ޓެކް ކުންފުނިތަކުގެ މެދުގައި ގާތުން ގުޅިގެން މަސައްކަތް ކުރާނެ އެވެ.
ޓިކްޓޮކް މަނާކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާއިރު، ކުދި ވިޔަފާރިވެރިން އުންމީދު ކުރަނީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން އެމީހުންގެ އަޑުތަކަށް ވިސްނައި، ގައުމީ ސަލާމަތާއި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުން ހުށަހަޅާ ވިޔަފާރިވެރިކަމުގެ ގާބިލްކަމާ ދެމެދު ބެލެންސް ކުރާ ބަދަލު ހައްލުތައް ހޯދާނެ ކަމަށެވެ. މި ވިސްނުންތަކުގެ ނަތީޖާއިން އަސަރުކުރާނީ ޓިކްޓޮކްގެ މުސްތަގުބަލަށް އެކަނި ނޫން ކަމަށާއި ކުދި ވިޔަފާރިތަކަށް ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ގާބިލްކަމަށް ވެސް ފުން އަސަރެއް ކުރާނެ ކަމަށް މި އެޕް މަނާކުރުމާ ދެކޮޅަށް ވަކާލާތުކުރާ ފަރާތްތަކުން ބުނެއެވެ.
މި ލިއުމާއި ގުޅޭ