Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

މިއަދު އިރު އެރީ އިސްރާއީލުން ޣައްޒާގެ 13 މީހުން ޝަހީދުކޮށްލައިގެން

މިއަދު އިރު އެރިއިރު ފަތިހު އިސްރާއީލުން ޣައްޒާއަށް ދިން ވަރުގަދަ ހަމަލާތަކަކުގައި އެކަނިވެސް 13 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ޣައްޒާގައި ހުރި އަލްޖަޒީރާ އަރަބިކްގެ ނޫސްވެރިޔާ އާއި ހަވާލާދީ އަލްޖަޒީރާ އިން ބުނެފިއެވެ.

އިސްރާއީލުން ރޭ ދިން ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ އަމާޒު ކުރީ ކުޑަކުދިންނާއި އަންހެނުން ބޯހިޔާވަހިކަން ހޯދަމުން އައި ސްކޫލަކަށެވެ. އެހަމަލާގައި ކުޑަކުދިން ވެސް ހިމެނޭހެން 12 މީހުން ޝަހީދުވިއެވެ.

ފެންނަ މަންޒަރުތަކަށް ބަލާއިރު ޝަހީދުވި އެއްކުޖެއްގެ ހަށިގަނޑު ވަނީ ވަކިކުރަން ނޭނގޭ ވަރަށް އަނދާފައި ކަމަށް އަލްޖަޒީރާގެ ނޫސްވެރިޔާ ބުންޏެވެ. އަލް ޖަޒީރާގެ އަނަސް އައް-ޝަރީފް ބުނީ ހިޔާވަހިކަން ހޯދައިގެން ތިބި މީހުންގެ ޓެންޓުތަކުގައި ކުޑަކުދިން އަންދަމުންދަނީ ނިދާފައި ތިއްބާ ކަމަށެވެ. "އެއްވެސް ރައްކާތެރި ސަރަހައްދެއް ނެތް، އަދި ނަސްލު ނައްތާލުމުގެ ހަމަލާތަކުން ސަލާމަތްވާނެ މީހަކުވެސް ނެތް. ޣައްޒާ ސިޓީއާއި އޭގެ އުތުރު ސަރަހައްދުތަކަށް ގަޑިއިރުތަކެއް ވަންދެން އިސްރާއީލުން ވަނީ ވައިގެ މަގުން ވަރުގަދަ ހަމަލާތަކާއި އާޓިލަރީ ހަމަލާތައް ދީފައި." ނޫސްވެރިޔާ ބުންޏެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ އަލް-މަވާސީ ކޭމްޕަށް އިސްރާއީލުން ފަތިހު ދިން ޑްރޯން ހަމަލާއެއްގައި މަދުވެގެން އެކަކު ޝަހީދުވެ އިތުރު ބަޔަކު ވަނީ ޒަހަމްވެފައެވެ.

އިސްރާއީލުން ގާތްގަނޑަކަށް މުޅި ޣައްޒާ ސުންނާފަތި ކޮށްލާފައި ވީނަމަވެސް ޚާން ޔޫނިސްގެ އިނގިރޭސި މުދައްރިސެއް ކަމުގައިވާ ޠާރިޤް އަލް-ފައްރާ އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، އިސްރާއީލުން ޣައްޒާ ސުންނާފަތި ކުރަމުންދާއިރުވެސް ޣައްޒާގެ ކުދިން ކިޔެވުމަށް ވަރަށް ބޮޑަށް ބޭނުންވެއެވެ.

"މިތާނގެ ހާލަތު މުދައްރިސުންނަށާއި ދަރިވަރުންނަށް ވަރަށް ނުރައްކާތެރި" އޭނާ އަލްޖަޒީރާއަށް ވިދާޅުވިއެވެ.

"އެހެންނަމަވެސް ނުރައްކާތެރި އަދި ދަތި ހާލަތުގައިވެސް ގިނަ ދަރިވަރުން އަދިވެސް ކްލާހަށް އަންނަމުންދޭ. އެކުދިން ބޭނުންވަނީ ތަޢުލީމަކީ މުހިންމު އެއްޗެއްކަން ދައްކާލަން. ތަޢުލީމަކީ ދަރިވަރުންނަށް ކެތްތެރިކަމާއި އުންމީދުގެ ނިޝާނެއް" އޭނާ އިތުރަށް ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރުގައި އިސްރާއީލްގެ ހަނގުރާމަ ފެށުނީއްސުރެ، އިސްރާއީލްގެ ބާރުތަކުން ވަނީ ޣައްޒާގެ ގާތްގަނޑަކަށް ހުރިހާ ސްކޫލެއް ހަލާކުކޮށްލާފައެވެ. މީގެ ސަބަބުން 660،000 ކުދިންގެ ތަޢުލީމަށް އަސަރުކޮށްފައިވެއެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ގާތްގަނޑަކަށް ދެ މިލިއަން ފަލަސްތީން ރައްޔިތުން ހިޖުރަކުރަން މަޖުބޫރުވެފައިވެއެވެ. އަދި އިސްރާއީލްގެ ބައެއް ސިޔާސީ ފަރާތްތަކުން ފަލަސްތީން ރައްޔިތުން ދާއިމީކޮށް ޣައްޒާއިން ބޭރުކުރުމަށް ގޮވާލަމުންދާތީ، އަނެއްކާވެސް މީހުން މަޖުބޫރުން ބަދަލުކުރެވިދާނެކަމުގެ ބިރުވެރިކަން އަންނަނީ އިތުރު ވަމުންނެވެ. އިސްރާއީލްގެ ވަޒީރަކު މިހާރުގެ ހަނގުރާމައަށް "ޣައްޒާ ނަކްބާ"ގެ ނަން ދީފައި ވެއެވެ. މިއީ 1948-49 ގައި ފަލަސްތީން ރައްޔިތުން މަޖުބޫރުން ހިޖުރަކުރުވި ހާދިސާއަށް އިޝާރާތް ކުރާ ބުނުމެކެވެ. މިވާހަކަތަކުން ދޭހަވަނީ އެފަދަ މަޖުބޫރު ކުރުވުމެއް ޣައްޒާގެ ރައްޔިތުންނަށް ކުރިމަތި ކުރުވަން އިސްރާއީލުން ބޭނުންވާ ކަމެވެ.

މި ލިއުމާއި ގުޅޭ