Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ޓިކްޓޮކް މެދުވެރިކޮށް ޖާސޫސް ކުރާ "ކީވޯޑް ބްލެކްލިސްޓް" ފޯބްސްއިން ހާމަކޮށްފި

ޓިކްޓޮކްގެ ޗައިނާގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސް އިން އެ ކުންފުނީގެ އުފެއްދުންތަކުގައި "ސެންސިޓިވް ލަފުޒުތައް" ބޭނުންކުރާ މިންވަރު ދެނެގަތުމުގެ ވަސީލަތެއް ހިންގަމުން އަންނަ އިރު، ހުކުރު ދުވަހު އެފަދަ ލަފުޒުތަކުގެ ގިނަ ލިސްޓުތަކެއް ފޯބްސް އަށް ލިބިފައިވާކަމަށް އެމަޖައްލާއިން ބުނެފިއެވެ.
ފޯބްސް މަޖައްލާއިން ނެރުނު ބަޔާނެއްގައި ބުނީ ބައިޓްޑާންސްގެ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގައި ބަޔާންކޮށްފައިވާ "ސެންސިޓިވް ލަފުޒުތައް" ޓްރެކްކުރާ ގޮތް ދައްކުވައިދޭ އެތެރޭގެ ލިޔުންތަކެއް ފޯބްސް އަށް ލިބުނުކަމަށެވެ. އެ ކުންފުނީގެ "ޑިޓެކްޝަން ޓޫލް" ގައި ބަހައްޓާފައިވާ އެތައް ސަތޭކަ ވޮކަބްލަރީ ލިސްޓުތަކުން ދައްކުވައިދެނީ ޗައިނާގެ ބޮޑު ކުންފުނިން މޮނިޓާ ކުރާ ނުވަތަ ހިފަހައްޓަމުން އަންނަ ސިޔާސީ، އިޖުތިމާއީ އަދި ސަގާފީ މައުޟޫއުތަކެއް ކަމަށްވެސް ފޯބްސްއިން ބުނެއެވެ.
"މަސްޓް ކިލް"، "ހަރާމް" ނުވަތަ "މަނާ" ފަދަ ލަފުޒުތައް ހިމެނޭ ޕޯސްޓުތައް މުޅިން ބްލޮކް ކުރެވިދާނެ ކަމަށާއި އެހެން ހާލަތްތަކުގައި މި ޓޫލް އިން ހަމައެކަނި ލަފުޒުތައް ބޭނުންކުރާ ކޮންމެ ފަހަރަކު ޓްރެކްކޮށް، ބޭނުންކުރާ މީހާގެ އައިޑެންޓިޓީ އާއި އެ މީހުންގެ ލޮކޭޝަން ލޮގިން ކުރާ ކަމަށް އެ ނިއުސް އައުޓްލެޓުން ވަނީ ބުނެފައެވެ. ޓިކްޓޮކުން ސެންސިޓިވް ލަފުޒުތަކުގެ "ހިޓް ރޭޓް" ގެ ޑޭޓާ އެއްކުރާ ކަމަށް އިއުތިރާފުވެފައިވާއިރު، އޭގެ ތެރޭގައި އެ ލަފުޒުތަކަށް ބޭނުންކުރަނީ ކޮން އިރަކު، ކޮންތާކުން އަދި ކޮން ފަރާތަކުންތޯ ހިމެނޭ ކަމަށާއި ނަމަވެސް މި ފަންކްޝަނުން އެހީތެރިވެދޭނީ ހަމައެކަނި އެޕް ޕާފޯމަންސް ދެނެގަތުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
"ޑިޓެކްޝަން ޓޫލް" އަކީ އެމީހުން ކަންބޮޑުވާ ވަކި ކަންތައްތަކެއް ހުރިކަމުގެ ހެއްކެއް ކަމަށާއި އެ މީހުން އެވާހަކަ ދައްކަނީ ކޮން އިރަކުތޯ އަދި ކިތައް ފަހަރަކުތޯ މޮނިޓާ ކުރަން ބޭނުންވާކަމަށް އެމެރިކާގެ ކައުންޓާ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ވިލިއަމް އެވަނީނާ ފޯބްސް އަށް ވިދާޅުވި އިރު، ޗައިނާ ސަރުކާރުން ބެއިޖިންއަށް ފާޑުކިޔާ އެއްޗެއް ބުނެފާނެ އެމެރިކާގެ ޓިކްޓޮކްތައް ޓްރެކް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
"އެމީހުން މައުލޫމާތު އެއްކުރަނީ ހަމައެކަނި ކަލެކްޝަނަށް ޓަކައެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ފޯބްސް އިން ވަނީ އެތެރޭގެ ލިޔުންތަކުން ނެގި ކަމަށް ބެލެވޭ އައިބްރޯ ރައިޒިން ވޯޑްލިސްޓްތަކެއް އާންމުކޮށްފައެވެ. ޗައިނާގެ ބާރާއި ޘަޤާފަތާ ގުޅޭ ލިސްޓުތަކުގެ ތެރެއިން އެއް ގުރޫޕުގެ ލިސްޓުތަކުގެ ތެރޭގައި ޓްރެކް ކުރުމަށް "ޕާޓީ، ސަރުކާރުގެ ނެގެޓިވް ކޯރ ވޯޑްސް" އަދި "ފަލޫން ގޮންގް" ލަފުޒުތަކުގެ ލިސްޓުތަކުގެ އިތުރުން 1989 ވަނަ އަހަރު ޓިއާނަންމެން ސްކޮއާގައި ހިނގި މުޒާހަރާގެ ތާރީޚް ކަމަށްވާ "ޖޫން 4" އާ ގުޅޭ "މަސްޓް ކިލް ވޯޑް ލިސްޓް" ހިމެނެއެވެ. ބައެއް ލިސްޓުތަކުގައި ހޮންކޮންގާއި ޓައިވާނާ ގުޅުން ހުރި އިރު، އަނެއް ބައި ލިސްޓުތަކުގައި ހުޅަނގުގެ ސިޔާސީ ކަންކަމާއި ޓްރަމްޕާއި ޗައިނާ-އެމެރިކާ ވިޔަފާރީގެ މައްސަލަ ހިމެނެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅޭ އިތުރު ލިސްޓުތަކެއް، "ލީކްޑް އެކްސްޕެރިމެންޓް"، "މިސިން އެކްސްޕެރިމެންޓްސް" އަދި ޕެންގޯލިން ފަދަ ލަފުޒުތައް ބޭނުންކުރާ ގޮތް މޮނިޓާކޮށް، ސާސް-ކޯވް-2 އުފެދުނު ކަމަށް ބުނާ ބެޓްސް އާއި އިންސާނުންގެ މެދުގައި މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ.
ޓިކްޓޮކްގެ ސްޕޯކްސްޕާސަން ޖޭމީ ފަވާޒާ ވިދާޅުވީ އެ ޕްލެޓްފޯމްގައި ސިޔާސީ އެއްވެސް ލިސްޓެއް މިހާތަނަށް ބޭނުންކޮށްފައި ނުވާ ކަމަށާއި ނަމަވެސް އެ ކުންފުނިން އުއިގޫރު ކޭމްޕްތަކާ ގުޅޭ ގޮތުން ވަރަށް އާދަޔާ ހިލާފު ދޮގު މައުލޫމާތު ދިނުމުގެ ސިޔާސަތެއް ކީވޯޑް މެދުވެރިކޮށް ތަންފީޒު ކުރި ކަން ގަބޫލުކުރައްވާ ކަމަށެވެ.
ލިސްޓުގެ ގިނަ ޓައިޓްލްތަކުގައި "ޓްރާންސްލޭޝަން އެރަރސް އަދި ޓިކްޓޮކާ ގުޅޭ އެއްޗެއް ނޫން" ހުރި އިރު، އަނެއްބައި ޓައިޓަލްތަކަކީ ހަމައެކަނި "ނަފްރަތު އުފެއްދުމާއި ދޮގު މައުލޫމާތު ދިނުމާއި އެހެނިހެން ގެއްލުންހުރި ކޮންޓެންޓުން މުޖުތަމައު ސަލާމަތްކުރުމަށް ބޭނުންކުރާ ވޯޑްލިސްޓުތަކެއް" ކަމަށް އޭނާ ފާހަގަކުރިއެވެ.
ޓިކްޓޮކްގެ ކީވޯޑް ޕްލެޓްފޯމަކީ ބައިޓްޑާންސްގެ ޗައިނާގެ އެއްވެސް އެޕްލިކޭޝަނަކާ މުޅިން ވަކިން ހަދާފައިވާ ޕްލެޓްފޯމެއް ކަމަށް އެކަމަނާ ވިދާޅުވި ނަމަވެސް، އޭގެ ތެރެއިން ގިނަ ވޯޑްލިސްޓުތަކަކީ ޑައުއިން (ޗައިނީޒް ޓިކްޓޮކް) އާއި ބައިޓްޑާންސްގެ ނިއުސް ސާވިސް ޓޫޓިއާއޯ އާއި އެ ކުންފުނީގެ މަސައްކަތުގެ މާހައުލުގެ ސޮފްޓްވެއާ ލާކް އާ ގުޅުން ހުރި ބައެއް ވޯޑްލިސްޓު ކަމަށް ފޯބުސްއިން ބުނެއެވެ.
އެމެރިކާގެ ފެޑެރަލް ސަރުކާރާއި އެގައުމުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ސްޓޭޓްތަކުން ވަނީ ބެއިޖިން އިން ޖާސޫސް ކުރާނެ ކަމުގެ އިންޒާރު އޮތް ކަމަށް ބުނެ ރަސްމީ ޑިވައިސްތަކުގައި ޓިކްޓޮކް މަނާކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ