Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް މާކެޓިން އެން ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ

ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެންގެ އެއްބާރުލުން ބޭނުންވޭ: ޝިއުރީ

ފަތުރުވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމަށް ސަރުކާރާއި އެމްއެމްޕީއާރުސީން ކުރާ މަސައްކަތްތަކަށް އެ ސިނާއަތުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، މޯލްޑިވްސް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޝިއުރީ ވިދާޅުވީ އެ އެސޯސިއޭޝަނާއި އެމްއެމްޕީއާރުސީ ގުޅިގެން ބަންގްލަދޭޝް އާއި އަޒަރްބައިޖާންގައި ބޭއްވި ފެއާތައް ވަރަށް ކާމިޔާބުކަމަށެވެ. އެގޮތުން ކުރިއަށްއޮތްތަނުގައިވެސް އެ އެސޯސިއޭޝަނާއި ގުޅިގެން އިތުރު ފެއަރތަކަކާއި ރޯޑް ޝޯރތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝިއުރީ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގެސްޓްހައުސް ވިޔަފާރިތަކުގެ އިތުރުން އެހެނިހެން ވިޔަފާރިތައްވެސް ކުރިއެރުވޭނީ ހަމައެކަނި ސަރުކާރުން ނުވަތަ އެމްއެމްޕީއާރުސީއިން ކުރަމުންދާ މަސައްކަތަކުން ނޫންކަމަށާއި، ފަތުރުވެރިކަން އިތުރަށް ކުރިއެރުވޭނީ އެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައްވެސް ގުޅިގެން އެފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންކަމަށެވެ.

އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ގެސްޓްހައުސްތަކާއި އެހެނިހެން ވިޔަފާރިތައް ތަރައްޤީކޮށް ކުރިއެރުވުމަށް ހަމައެކަނި ސަރުކާރު ނުވަތަ އެމްއެމްޕީއާރުސީގެ މަސައްކަތުން އެކަނި ފުދޭނެކަމަށް ނުދެކޭކަމަށް ޝިއުރީ ހާމަކުރެއްވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މި ސިނާއަތް އިތުރަށް ފުޅާކޮށް ކުރިއެރުވޭނީ މި ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުމާއި އެއްބާރުލުން އިތުރުކޮށް، އެކަކު އަނެކަކަށް އެހީތެރިވެދީގެންނެވެ.

"ޓޫރިޒަމް ޕްރޮމޯޓްކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ހަމައެކަނި އެމްއެމްޕީއާރުސީއަށް ކުރެވޭނެކަމެއްނޫން. މިއީ ހަމައެކަނި މިނިސްޓްރީއަކަށްވެސް ކުރެވޭނެކަމެއް ނޫން. މިކަމުގައި އެންމެންގެ އެއްބާރުލުން ލިބިގެން މި ސިނާއަތަށް ބޮޑު ކުރިއެރުންތައް ލިބޭނީ" ޝިއުރީ ވިދާޅުވިއެވެ.

މީގެއިތުރުން އެމްއެމްޕީއާރުސީއާއި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ގެސްޓްހައުސް ވިޔަފާރިތައް ފުޅާކުރުމަށްޓަކައި މިހާރުވެސް މަސައްކަތްތަކެއް ކުރެވިގެންދާކަމަށާއި އަދި ކުރިއަށްއޮތްތާގަވެސް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޑީ ޝިއުރީ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ