ހުޅުމާލޭގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ ލިސްޓާ ގުޅޭ ޝަކުވާ ހުށަހެށުމުގެ ފުރުސަތު މިރެއަށް ހަމަވާނެއެވެ.
ހައުސިންގ އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ އިން މި ލިސްޓު އާންމު ކޮށްފައިވަނީ ފެބްރުއަރީ 27 ވަނަ ދުވަހުގައެވެ. މި 4000 ފްލެޓްގެ ތެރެއިން ފްލެޓްގެ ޝަރުތު ހަމަވެ ފްލެޓު ލިބެނީ 1820 މީހުންނަށެވެ. އެއީ 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓު ލިބިފައިވަނީ 1423 މީހުންނާއި 2 ކޮޓަރީގެ ލިސްޓުގައިވާ 1218 މީހުންގެ ތެރެއިން ޝަރުތުހަމަވެ 73 ޕޮއިންޓުލިބުނު 397 މީހުންނެވެ.
އެ މިނިސްޓްރީ އިން މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މާޗް މަހުގެ 30 ވަނަ ދުވަހާއި ހަމައަށެވެ. ނަމަވެސް މި މުއްދަތުގެ ތެރެއިން 20 މާރިޗު 2025 އިން 31 މާރިޗު 2025 އަށް އެއީ ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައިވާތީ މުއްދަތު އިތުރުކުރީއެވެ.
މި ލިސްޓުގައިވާ ފަރާތަކާއި ގުޅޭ ޝަކުވާއެއް ނަމަ [email protected] އީމެއިލްއަށް ނުވަތަ އެ މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅޭނެއެވެ. އަދި ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ މިނިސްޓްރީގެ 4004911 އަދި 4004910 ފޯނަށް ގުޅުމުން މައުލޫމާތު ސާފުކުރެވޭނެއެވެ.