ގދ. ދާންދޫ ގައި ލައިސެންސް ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ.
ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނީ ދާންދޫގައި ޑްރައިވިން ލައިސަންސު ޓްރެކް ހުޅުވާފައިވާ ކަމަށެވެ. މި އާއެކު އެ ރަށުން 'އޭ' ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް (ލައިސަންސް ކާޑު) ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެންމެ ފަހުން ލައިސެންސް ދޫކުރުމުގެ ދިން ރަށްތައް:
- ހއ. މޮޅަދޫ
- ހއ. އިހަވަންދޫ
- ބ. ކެންދޫ
- ހއ. ކެލާ
- ތ. ވިލުފުށި
- ރ. ހުޅުދުއްފާރު
- ރ. ދަރަނބޫދޫ
- ގދ. ގައްދޫ
- މ. ދިއްގަރު
- ވ. އަތޮޅު ކައުންސިލް
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް މިހާރު ރާއްޖޭގެ 39 ރަށެއްގެ ކައުންސިލް މެދުވެރިކޮށް ނެގުމުގެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.