Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އަނބިމީހާ އޮތީ އިންޑިޔާގައި އެޑްމިޓްކޮށްފައި ކަމަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް އުމުރުން 46 އަހަރުގެ މީހަކަށް މިއަދު ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި ބަންދުގެ މުއްދަތު ޖަހާފައިވަނީ އައްޑޫ އަށް ނިސްބަތްވާ ފިރިހެނަކަށެވެ. ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެތަކެތި ޓްރެފިކް ކުރި ކަމުގެ ތުހުމަތެވެ. އަދި އޭނާ ކުށް ކުރި ކަމަށް ތުހުމަތު ކުރޭ ވަރަށް ހެކި ހުށަހަޅާފައިވާ ކަން ވެސް އެ ބަންދު އަމުރުން އެނގެއެވެ.

އެގޮތުން ހެކީގެ ގޮތުގައި ސީނަށް ދިޔަ ފުލުހެއްގެ ބަޔާން، ޕޮލިސް އިންޓެލިޖަންސް ރިޕޯޓު، އޭނާގެ ކުޑަކަމުދާތަކެތީގެ ތަހުލީލް ރިޕޯޓު ގެ އިތުރުން ސީން އޮފް ޕޮލިސް އޮފިސާސް ރިޕޯޓު ހުށަހަޅާފައިވެއެވެ.

އޭނާގެ ޖީބުންނާއި އޭނާ ހުރި އެޕާޓްމަންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި ކުޑަކަމުދާތަކެތި މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވް ވެފައިވާ ކަން ފުލުހުން ފާހަގަކޮށްފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.

އޭނާގެ އަންހެނުން އޮތީ އިންޑިއާގައި އެޑްމިޓްކޮށްފައިކަމަށާއ،ި އަންހެނުންގެ ބަލި ހާލަތު ވަރަށް ދެރަކަމަށާއ،ި ވުމާއެކު ބަންދަށް ލުޔެއް ދޭން އެދުނު ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

މި ލިއުމާއި ގުޅޭ