Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޔުނައިޓެޑް ކިންގްޑަމް

އިނގިރޭސިވިލާތުން ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި

ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ އިނގިރޭސިވިލާތުން މިއަދު އެ ގައުމުގެ ރައްޔިތުންނަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފިއެވެ.

އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ނެރުނު އެޑްވައިޒަރީގައި ބުނެފައިވަނީ އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހަމަލާ ދިނުމަށް ބައެއް ޓެރަރިސްޓު ޖަމާއަތްތަކުން ގޮވާލާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ވެސް އެފަދަ ހަމަލާއެއް ނުދޭނެ ކަމުގެ ޔަގީންކަން ނުދެވޭނެ ކަމަށް ފޮރިން އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

މި އިންޒާރު އައިސްފައިވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލުހޭދު ކުރުމަށް އިނގިރޭސިވިލާތުން ތާއީދުކޮށް، އިޒްރޭލަށް ހަތިޔާރު ވިއްކަމުންދާތީ އެވެ. މިކަމާ ގުޅިގެން ބައެއް ޖަމާއަތްތަކުން ވަނީ އިނގިރޭސިވިލާތުގެ ރައްޔިތުންނާ ދެކޮޅަށް ހަމަލާދޭން ގޮވާލާފައެވެ.

"ދިވެހި ސަރުކާރުން 2017 އިން ފެށިގެން ޓެރަރިސްޓް ހަމަލާތަކުގެ ގިނަ ރޭވުންތަކެއް ހުއްޓުވާފައިވެއެވެ. އަދި ހަމަލާ ރޭވުމާއި، ޓެރަރިސްޓް ހަނގުރާމަވެރިން ރެކްރޫޓްކުރުމާއި، ހައްދުފަހަނައަޅާފައިވާ ވިސްނުން ފެތުރުމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް، ޓެރަރިޒަމްގެ ނުރައްކާ އަދިވެސް އެބައޮތެވެ" އެ އެޑްވައިޒަރީގައި ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ