ގާތްގަނޑަކަށް 10 އަހަރު ވަންދެން ބަންދުކުރެވިފައި އޮތް ރާއްޖޭގެ އިސްލާމީ ލައިބްރަރީ އަންނަ މޭ މަހު ސަލްމާން ސެންޓަރުގައި އަލުން ހުޅުވާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި، ކުރީގައި އިސްލާމީ މަރުކަޒުގައި ހުރި އިސްލާމީ ޚުޠުބުޚާނާއަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އިސްލާމީ ލައިބްރަރީ ކަމުގައި ވީނަމަވެސް، މިހާރު އެ ލައިބްރަރީ ވަނީ ނެތިގޮސްފައެވެ.
"ލައިބްރަރީ ހުޅުވުމުގެ އެންމެހައި ތައްޔާރީތައް މިހާރު ދަނީ ނިމެމުން،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އިސްލާމިކް ސެންޓަރެއްގައިވެސް ލައިބްރަރީ ޤާއިމްކުރެވިގެންދާނެ ކަމަށެވެ.