ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ ހަވާލުވުމަށްފަހު ފްލެޓެއް ގަތްކަމަށް ބުނެ ދައްކާ ވާހަކަތަކުގެ ހަގީގަތް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ފަހުމީ ސާފުކޮށްދެއްވައިފިއެވެ.
ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ ހަވާލުވުމަށްފަހު 8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތްކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު، އަސާސެއްނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
"ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ނަމަވެސް، މީހުންގެ އަބުރަށް ހުތުރުވާފަދަ، މިފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން މިކަން ވަގުތުން ހުއްޓާލުމަށް އިލްތިމާސްކުރަން،" ފަހުމީގެ ޕޯސްޓުގައި ވިދާޅުވިއެވެ.